ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހުރި 18000 ބީޓީޔޫގެ ސީލިންގ މައުންޓް އޭސީ ނަގައި އެސައިޒްގެ އައު އޭސީ ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ހުރި 18000 ބީޓީޔޫގެ ސީލިންގ މައުންޓް އޭސީ ނަގައި، އެ ސައިޒްގެ އައު އޭސީ ހަރުކުރުމުގެ މަސަތްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 ޖުލައި 2024ގައި މިޑިޕާރޓްމަންޓުން ކުރި F/2024/21 މަސައްކަތާގުޅޭ ނޯޓިހަށް އެއްވެސްފަރާތަކުން އިޖާބަދީފައިނުވާތީ، އަލުން އެމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މި  އިއުލާނުގައި އެޓޭޗްކުރެވިފައިވާނެއެވެ.

މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ނަމަ މި ޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected]  އަށް 2024 އޮކްޓޫބަރު 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ. ތަން ބެލުމަށް ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 15:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

 ވީމާ މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޫބަރ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected]އަށް އަންދާސީ ހިސާބު މެއިލް ކޮށްދެއްވުން އެދެމެވެ.

27 އޮކްޓޫބަރު 2024
ހޯދާ