މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ދޫކުރެވިފައިވާ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތުނެގުމާ ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)471-PUD2/471/2024/131 (15 އޮކްޓޫބަރު 2024) އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލާގުޅިގެން، ކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ. މި ބަދަލާއި ގުޅިގެން މިދެންނެވި ގޯތިތަކުގެ ވެރިފަރާތްތަކާއި މިހާތަނަށް ގުޅީފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ އިތުރުން މި މިނިސްޓްރީގެ ނަންބަރު (IUL)471-DNPS2/471/2024/37 (16 އޭޕްރިލް 2024) އިޢުލާނާއި ގުޅިގެން ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް އެދުނު ފަރާތްތަކުގެ މެދުގައި 4 ޖޫން 2024 ގައި މިނިސްޓްރީއިން ނެގުނު ގުރުއަތުން، ގުޅީފަޅަށް ގޯތި ބަދަލުވެފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުން 29 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ ދަރުބާރުގެ ރަންނަބަނޑޭރި މާލަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮތުން ގުޅީފަޅުން ދޫކުރާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް ތިރީގައި ހިމެނީމެވެ. އަދި ގުޅީފަޅުން ގޯތިލިބޭ ފަރާތްތަކުގެ ލިސްޓެއް މި އިއުލާނާއެކު އާންމުކުރީމެވެ.

  • 1250 އަކަފޫޓުގެ 669 ގޯތި
  • 1650 އަކަފޫޓުގެ 1234 ގޯތި
  • 2050 އަކަފޫޓުގެ 916 ގޯތި
  • 2450 އަކަފޫޓުގެ 473 ގޯތި
  • 2850 އަކަފޫޓުގެ 158 ގޯތި
  • 3250 އަކަފޫޓުގެ 49 ގޯތި
  • 3650 އަކަފޫޓުގެ 21 ގޯތި

ގުޅީފަޅުގެ ބިން ލިބޭ ފަރާތްތަކުގެ ގުރުނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ މި މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައިވާ ތަރުތީބުން، އެކަމަށް ކަނޑައަޅާފައިވާ މި މިނސްޓްރީގެ މުވައްޒަފުންނެވެ.

ގުޅީފަޅުން ބިން ލިބޭ ފަރާތްތަކުން ގުރުނެގުމަށް ހަމަޖެހިފައިވާ މާލަމަށް ވަދޭވޭނެ އިންތިޒާމުވާނީ ހަމަޖެހިފައެވެ. އަދި ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ޙާޟިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއްނެތް ކަމުގެ ލިޔުމަކާ އައި.ޑީ.ކާޑްގެ ކޮޕީ އަކާއެކު ޙާޟިރުވުމަށް ދަންނަވަމެވެ. މީގެ އިތުރުން، ގުރުނެގުމުގެ އިވެންޓް ކުރިއަށްދާވަގުތު ޕަބްލިކް މީޑިއާއިން ލައިވް ކުރެވިގެންދާނެއެވެ.

ތާރީޙް: 29 އޮކްޓޫބަރު 2024

ގުރުނަގަންފަށާ ގަޑި: 9:00 (ހެނދުނު)

ގުރުނަގާ މާލަމް: ދަރުބާރުގެ ރަންނަބަނޑޭރި މާލަމް

ގޯތިލިބޭ ފަރާތްތަކުގެ ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުން ތަކާއިގުޅޭ މަޢުލޫމާތު މި މިނިސްޓްރީ އިން ފަހުން ޙިއްސާކުރެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ވީމާ، މިކަންޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

                              22 ރަބީޢުލްއާޚިރު 1446

25 އޮކްޓޫބަރު 2024
ހޯދާ