ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/55 |
ތާރީޚް |
21 ރަބީޢުލްއާޚިރާ 1446 |
|
24 އޮކްޓޯބަރ 2024 |
މަސްޖިދުލް ޖަމާލުއްދީންގެ ކަރަންޓު ވައިރިންގް ބަދަލުކުރުން
ގދ.ވާދޫ މަސްޖިދުލް ޖަމާލުއްދީންގައި މިހާރުކޮށްފައިވާ ވައިރުތައްނަގާ އަލުން އެމިސްކިތުގެ ވައިރު ބަދަލުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 04 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ހުށަހަޅާ ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީގެ މުއްދަތުހަމަނުވާ ކޮޕީއެއް އެއްކަރުދާސްކުރަންވާނެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހާޝިރު މުޙައްމަދު
ކައުންސިލްގެ ނާއިބް ރައީސް