މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަތޮޅު ކައުންސިލްގެ "އަރުތަ ފުޓްސަލް މުބާރާތް 2024" ގެ އިންތިޒާމު ކުރާފަރާތް، އޮފިޝަލުން، ރެޕްރީއިން، ޖަޖުން އަދި ޝަރަފްވެރިންގެ ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

                                              (IUL)307/INDIV/2024/88:ނަންބަރު

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ރ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ "އަރުތަ ފުޓްސަލް މުބާރާތް 2024" މިއަހަރުވެސް މިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމު ކުރާފަރާތް، އޮފިޝަލުން، ރެޕްރީއިން، ޖަޖުން އަދި ޝަރަފްވެރިންނަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  1. ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް:  [email protected] އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފަރާތުގެ ޒިންމާއެކެވެ.
  2. ބިޑްގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހު ވަގުތަކީ  2024 އޮކްޓޯބަރ 29 ވާ އަންގާރަ ދުވަހުގެ މެންދުރު  13:30 އެވެ.  ބީލަން ރަޖިސްޓްރީކުރުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ބިޑްގެވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމު މިއިއުލާނާއެކު ހިމެނިފައިވާނެއެވެ.
  3. މިބިޑާއި ގުޅިގެން ފްރީ ބިޑް ބައްދަލުވުމެއް  ނޯންނާނެއެވެ.
  4. ބިޑުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަކަށްވެސް މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެއެވެ.
  5. ބިޑްގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް:
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 2014/18)ގެ ދަށުން ރަޖިސްޓްރީކޮސްފައިވާ ވިޔަފާރިތަކަށް، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަމްބަރ 2014/19)ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންނަށް، ރަޖިސްޓްރީކުރެވި ހިންގަމުންދާ ކުލަބު ޖަމިއްޔާތައް، އަދި އަމިއްލަ ފަރުދުން.

   6. ބިޑް ހުޅުވުން އޮންނާނީ  2024 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ.  ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބިޑަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑަށް ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   7. ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

   8. ބިޑަށް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑަށް ރަޖިސްޓްރީ ވުމަށް އެދި ފޯމު ހުށަހަޅައި  ބިޑަށްލުމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

   9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  • ކައުންސިލްގެ ނަންބަރު: 7380052 ، 6580052 (ނުވަތަ)
  • އެސޯސިއޭޓް ކައުންސިލް އެގްޒެކެޓިވް – އާމިނަތު ޝާޛުލީ
  • ފޯން: 9892099
  • އީމެއިލް: [email protected] 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2024
ހޯދާ