ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ދިމާވެފައިވާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޚާއްޞަ މަސައްކަތެއް ދަނީ ކުރަމުންނެވެ. އެހެންކަމުން ތުލުސްދޫގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އަދާހަމަކުރުމުގެ ގޮތުން 01 ނޮވެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ކ. ތުލުސްދޫގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިރަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީ މަސައްކަތްތެރިންގެ އާންމު މަޢުލޫމާތު އަދި ބަޔޯމެޓްރިކްސް ނެގޭނެ ވާހަކަ ބިދޭސީ މަސައްކަތްތެރިން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި، ދެންނެވީމެވެ. އަދި ބިދޭސީ މަސައްކަތްތެރިން، ގެންގުޅުއްވާ ފަރާތްތަކުން މިކަމުގައި ސަރުކާރަށާއި މިކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް އިލްތިމާސް ކުރަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަޓަކައި އިޢުލާނު ކުރީމެވެ.
21 ރަބީޢުލްއާޚިރާ 1446