ދިވެހިރާއްޖެ
ރަށުގެ ވަށާއިގެންވާ ހުސްބިންތައް ބޭނުން ކުރުމާއި އެބިންކުއްޔަށް ދިނުމާއިގުޅޭ ގޮތުން އެކުލަވާލާފައިވާ އުޞޫލު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެކުލަވާލުމަށްފަހު، އުޞޫލު މިކައުންސިލްގެ 04 ވަނަ ދައުރުގެ 2024/125 ( 03 ސެޕްޓެމްބަރު 2024 ) ޢާއްމު ޖަލްސާއަށް ހުށަހަޅާއި އެޖަލްސާގެ އިއްތިފާޤުން ވަނީ، ފާސްކޮށްފައެވެ.
ވުމާއެކު، އެއުޞޫލު 13 އޮކްޓޫބަރު 2024 ދުވަހު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށްފަހު މިކައުންސިލް އިދާރާގެ ނަންބަރު: (IUL)352/352/2024/64 އިޢުލާނު އާއެކު މިހާރުވާނީ އުޞޫލު ޢާއްމު ކޮށްފައެވެ.
ވީމާ، ރަށުގެ ވަށައިގެންވާ ހުސްބިންތައް ބޭނުންކުރުމާއި އެބިންތައް ކުއްޔަށް ދިނުމާއިގުޅޭ އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިންތައް ހިމެނޭ ސަރަޙައްދުތައް އުޞޫލުގެ އެނެކްސް 1 ގައި ހިމެނިފައި ވާނެއެވެ. އަދި އެނެކްސް 1 ގައި ހައިލައިޓް ކޮށްފައިވާ ސަރަޙައްދުތަކާއި، އެސަރަޙައްދުތަކުގެ އިތުރަށް ރަށުގެ އެއްވެސް ތަނެއްގައި އުޞޫލާއި ޚިލާފަށް މިހާރު ބޭނުންކުރަމުން ގެންދާ ތަންތަނާއި ތަކެތި 25 ނޮވެމްބަރު 2024 ވާ ހުކުރު ދުވަހުގެ ކުރިން އެތަންތަނާއި ތަކެތި ނަގާ ބިންތައް ސާފުކުރުމަށް އެންގީމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނު ކުރީމެވެ.