ދިވެހިރާއްޖެ
ނޫސްބަޔާން
ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އިން ރ އަތޮޅު، ހުރަވަޅި ބީޗް ރިސޯޓުގެ އިރުމަތީ ފަރާތުން ފަޅު ތެރޭގައި ބޮޑު ހިލަ ޖެހުމުގެ މަޝްރޫޢުއެއް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި، ކުރިއަށް ގެންގޮސްފައިވާތީ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: (2012/R-27 ގެ 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން، މި ކުށަކީ އެ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ކުރި ފުރަތަމަ ފަހަރު ކަމުގައިވާތީ، 20,000/-ރ. (ވިހިހާސް ރުފިޔާ) އިން ހުރަވަޅި ބީޗް ރިސޯޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ 21 އޮކްޓޫބަރު 2024 ގައި ޖޫރިމަނާކުރެވިފައެވެ. އަދި، މި ޖޫރިމަނާއަށްވާ ފައިސާ 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެފަރާތަށް ވަނީ އެންގިފައެވެ.