ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2024-46
މަޤާމް: މެނޭޖަރ
ބޭނުންވާ އަދަދު: 01
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރަންޖެހޭ ތަން: ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، މާލެ
މަސައްކަތު ގަޑި: 8:00 އިން 14:00
މަޤާމުގެ ޝަރުތު:
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ޑިޕްލޮމާ ނުވަތަ 6ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
3- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތަޢުލީމީ ދާއިރާތައް:
1- ސޯޝަލް ޕޮލިސީ
2- ސޯޝަލް ސައިންސް
3- ޑިވެލޮޕްމަންޓް ސްޓަޑީސް
4- ޕަބްލިކް އެޑްމިނިސްޓްރޭޝަން
5- އެކައުންޓިންގ އެންޑް ފައިނޭންސް
6- ބިޒްނަސް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
މަޤާމުގެ މަސައްކަތުގެ ދާއިރާތައް
1- ސޯޝަލް ސާވިސަސް
2- އެޑްމިނިސްޓްރޭޝަން
3- މެނޭޖްމަންޓް
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ބޭސްފަރުވާގެ އެހީއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމްތައް ނިންމުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގަވާއިދުތަކާއި އުސޫލާއި އެއްގޮތަށް ކުރުން.
- މި އެޖެންސީއަށް ހުށަހަޅާ ބޭސްފަރުވާގެ އެހީގެ ފޯމްތައް ޕްރޮސެސް ކުރުމަށްޓަކައި ފޯމްތައް ޗެކްކޮށް، ޔުނިޓުގެ މުވައްޒަފުންނަށް ސިސްޓަމްގެ ތެރެއިން ފޯމްތައް އެސައިން ކުރުން.
- މި އެޖެންސީއަށް ހުށަހަޅާ އެހީގެ ފޯމްތައް ވެރިފައިކުރުމާއި ކޮމިޓީ މެންބަރެއްގެ ހައިޞިއްޔަތުން ދުވަހުން ދުވަހަށް ކޮމިޓީއަށް ހުށަހަޅާ ފޯމްތައް ގަވާއިދާއި އުސޫލާއި އެއްގޮތަށް ނިންމުން.
- މި އެޖެންސީން ކުރިއަށްގެންދާ މެޑިކަލް ވެލްފެއަރގެ އެހީއާއި ގުޅޭގޮތުން ކޮމިޓީން ނިންމާ ފޯމްތަކަށް ޖަވާބުދޭންޖެހޭ އަވސްމިނުގައި ޖަވާބުދެވޭކަން ކަށަވަރުކުރުމާއި، ސެކްޝަނަށް ހުށަހަޅޭ ޝަކުވާތައް ދުވަހުން ދުވަހަށް ބަލާ އެ ކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
- ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން އެހީ އަށް އެދި ހުށަހަޅާ އަދި އެހީދެވޭ ފަރާތްތަކުގެ ތަފާސްހިސާބު މަހުން މަހަށް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާއި ޙިއްސާކުރުން.
- މި އެޖެންސީން ހިންގާ ޕްރޮގްރާމްތަކުގެ މަސައްކަތްތަކާއި ގުޅިގެން ކުރިއަށްގެންދެވޭ މޮނިޓަރިންގ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެ އެ މަސައްކަތްތައްކުރުން.
- މި އެޖެންސީގެ އެހީގެ ޕްރޮގްރާމްތަކާއި ގުޅޭ މަސައްކަތްތައް ނިންމުމަށް ބޭނުންވާ އެސް.އޯ.ޕީ ތައް ތައްޔާރުކޮށް ކަމާގުޅޭ މުވައްޒަފުންނާއި ޙިއްސާކުރުން.
- މި އެޖެންސީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކާއި ގުޅޭ ފޯމްތައް ނިންމުމަށް ބޭނުންވާ ގައިޑްލައިން ގަވާއިދާއި އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ރިޢާޔަތްކޮށް ތައްޔާރުކުރުމާއި އަދި ގަވާއިދާއި، އުސޫލާއި އަދި ކޮމިޓީގެ ނިންމުންތަކަށް ބަދަލެއް އަންނަ ޙާލަތުގައި ގަވާއިދުން ގައިޑްލައިން އަދާހަމަކުރުން.
- މި އެޖެންސީން ދޭ ޚިދުމަތްތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ރިފޯމް މަސައްކަތްތަކަށް ބޭނުންވާ އެހީތެރކަމާއި އެއްބާރުލުން ދިނުން.
- ހަވާލުކުރެވޭ މަސައްކަތާ ގުޅުން ހުރި މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދުދީ މަސައްކަތްތައް ސުޕަރވައިޒް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
- ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
މުސާރައާއި އިނާޔަތް:
- -/20،000.00 ރުފިޔާ
ކުރިމަތިލުމުގެ ސުންގަޑި: 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.