ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ޕީ.އާރު އަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެކުރިން [email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބީލަން ހުށަހަޅާނީ 5 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.