ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގައި ހުރި ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ހދ އަތޮޅު ކައުންސިލްގައި ހުރި ބައެއް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މައުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބިޑްގައި ރަޖިސްޓަރ ވުމަށް: https://www.haadhaal.gov.mv/bid-register

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ-ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

29 އޮކްޓޯބަރު 2024 - އަންގާރަ

11:00

ރަޖިސްޓަރ ވުމުގެ ސުންގަޑި

31 އޮކްޓޯބަރު 2024 - ބުރާސްފަތި

11:00

ސުވާލު ފޮނުވުމުގެ ސުންގަޑި

އީމެއިލް: [email protected]

31 އޮކްޓޯބަރު 2024 - ބުރާސްފަތި

11:00

ބީލަންތައް ހުޅުވުން

06 ނޮވެންބަރު 2024 - ބުދަ

11:00

ތަން: ހދ އަތޮޅު ކައުންސިލް އިދާރާގެ މީޓިންގ ރޫމް

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6521646 ، 6521692 ނުވަތަ 6521637 އަށެވެ.

ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަން ހުޅުވާލެވިފައިމިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް އަދި މިބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ.

މިމަސައްކަތާއި ބެހޭ މައުލޫމާތު މި އިދާރާގެ ވެބްސައިޓް  https://haadhaal.gov.mv/ގައި 24 އޮކްޓޯބަރު 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތީލާ ފަރާތުގެ ޒިންމާއެކެވެ.

23 އޮކްޓޫބަރު 2024
ހޯދާ