މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހެއް ހިންގުމާއި ގުޅޭ

ނަންބަރު: (IUL)303-CA/303/2024/88

އިޢުލާން

ފަހަން ދަސްކޮށްދޭ ކޯހެއް ހިންގުމާއި ގުޅޭ:

               އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އުނގޫފާރުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ބޭސިކް އަދި އެޑްވާންސް ލެވަލްގެ ފަހަން ދަސްކޮށްދޭ ކޯހެއް 2024 ނޮވެމްބަރ 10 ން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ދެ ކެޓަގަރީއަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ އަގަކީ ބޭސިކް ލެވަލް ނަމަ 1200ރ އަދި އެޑްވާންސް ލެވަލް ނަމަ 1800ރ އެވެ.  

                ޖުމްލަ 20 ބައިވެރިންނާއެކު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 23 އޮކްޓޫބަރ 2024 އިން 31 އޮކްޓޯބަރ 2024 ގެ ނިޔަލަށް ހުޅުވާލަމެވެ. ވީމާ، ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޫގަލް ފޯމު ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.

ލިންކް: https://forms.gle/q2ijcGcvsZzPNqBHA

23 އޮކްޓޫބަރު 2024
ހޯދާ