ދިވެހިރާއްޖެ
މި ކައުންސިލްގެ ނަންބަރު IUL)240-CA/240/2024/64) (24 ސެޕްޓެންބަރު 2024) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ. ލ.އަތޮޅުގައި ޢިލްމީ ގޮތުން ޤާބިލް ޖީލެއް އުފައްދައި، އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކިޔެވުމުގެ ރޫޙް އިތުރުކޮށް ޤައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަނަތައް ހޯދުމަށް ވާދަކުރުމުގެ ރޫޙެއް އަތޮޅުގެ ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އުފައްދާ އެފަދަ ތަނަވަސް މާޙައުލެއް ލ.އަތޮޅުގައި ޤާއިމްކުރުމަށާއި، ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންނާއި ކުލަބް، ޖަމްޢިއްޔާތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމާއި، އަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސްކޫލް، މަދަރުސާތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެފަދަ ފަރާތްތަކުގެ މެދުގައި މަސައްކަތުގެ މައިދާނުގައި ވާދަވެރި ރޫޙެއް އުފެއްދުމުގެ މަޤުޞަދުގައި މި ކައުންސިލްގެ "ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތު" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ އިނާމުތަކަށް ކުރިމަތިލުމުގެ ޝައުގުވެރިވާ އިތުރު ފަރާތްތައް ތިބުމާއެކު، އެފަދަ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ނަންބަރު IUL)240-CA/240/2024/64) (24 ސެޕްޓެންބަރު 2024) އިޢުލާނުގެ މުއްދަތު 2024 އޮކްޓޫބަރު 31ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކޮށް ލ. އަތޮޅުގެ ރައްޔިތުންނަށް ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
4.2 ޝަރަފްވެރިކަމުގެ އިނާމު
4.2.1 ހައްދުންމަތީ ތޫނުފިލި ތަރި
(ހ) ޤްރުއާން ހިތުދަސްކޮށް، ހާފިޘްކަމުގެ ސަނަދު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑް
(ށ) ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމު ޙާސިލްކޮށް ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑް
4.2.2 އައްޝައިޚު ޙަސަންތާޖުއްދީނު އެވޯޑް
4.2.2.1 ލ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރު ދުވަހުގެ ކަންކަން ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ހޯދާ ރަށު ކައުންސިލް.
4.2.2.2 ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން، ފާއިތުވި އަހަރު(ތައް)، ޖީ.ސީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވެ 5 މާއްދާއިން ފާސްވި ނިސްބަތް %65 އިން ފެށިގެން މަތިން ހޯދާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީ އިންސައްތަ ހޯދާފައިވާ ސްކޫލް ނުވަތަ މަދަރުސާ.
4.2.2.3 ލ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ މަތިން މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ.
މި އިނާމަށް ކުރިމަތިލާ ސްކޫލް ނުވަތަ މަދަރުސާތަކުން، އެސްކޫލަކުން ނުވަތަ މަދަރުސާއަކުން ހުށަހަޅާ ހުށަހެޅުން ޞައްޙަކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި، ހެކި ހުށަހަޅަން ވާނެއެވެ.
4.2.3 އަލްޚަތީބު މުޙައްމަދު ޝިރާޖުއްދީން އެވޯޑު ދެވޭ ފަރާތްތައް:
4.2.3.1 ލ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރު ދުވަހުގެ ކަންކަން ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ ރަށު ކައުންސިލްތަކުގެތެރެއިން އެންމެ މަތިން 2 ވަނައަށް މާކުސް ހޯދާ ރަށު ކައުންސިލް.
4.2.3.2 ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން ޖީސީއީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވެ ފާއިތުވި އަހަރު(ތައް)، އެންމެ ގިނަ ދަރިވަރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަޑައަޅާފައިވާ މަތީ ސާނަވީއަށް ކިޔެވޭ މިންގަޑަށް ފާސް ކޮށްދީފައިވާ ސްކޫލް ނުވަތަ މަދަރުސާ.
4.2.3.3 ލ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ މަތިން 2 ވަނައަށް މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ.
4.2.4 އައްޝައިޚު އެދުރު ޢުމަރު މާފަތް ކަލޭގެފާނު އެވޯޑް
(4.2.4.1 ލ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރު ދުވަހުގެ ކަންކަން ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ މަތިން 3 ވަނައަށް މާކުސް ހޯދާ ރަށު ކައުންސިލް.
4.2.4.2 ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން ޖީސީއީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގައި ބައިވެރިވެ ފާއިތުވި އަހަރު(ތައް)، ހޯދި ނަތީޖާ އަށްވުރެ އިން ފެށިގެން މަތީ ކުރިއެރުމެއް ހޯދާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީ ކުރިއެރުމެއް ހޯދާފައިވާ ސްކޫލް ނުވަތަ މަދަރުސާ.
4.2.4.3 ލ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިން ކުރުމުން 50 އިންސަތަ އަށްވުރެ މަތިން މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ މަތިން 3 ވަނައަށް މާކުސް ހޯދާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ.
4. ހިތްވަރު ދިނުމުގެ އިނާމު
4.1.2.1 ކީރިތި ޤުރްއާން އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާ
4.1.2.2 އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާ
4.1.2.3 ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާ
4.1.2.4 ދިވެހި ތާރީޚުގެ ދާއިރާ
4.1.2.5 ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ
4.1.2.6 ތަރިކައިގެ ދާއިރާ
4.1.2.7 ތަޢުލީމީ ދާއިރާ
4.1.2.8 ޞިއްޙީ ދާއިރާ
4.1.2.9 ތިމާވެއްޓާއި، ހަކަތައިގެ ދާއިރާ
4.1.2.10 މަސްވެރިކަމުގެ ދާއިރާ
4.1.2.11 ފަތުރުވެރިކަމުގެ ދާއިރާ
4.1.2.12 ދަނޑުވެރިކަމުގެ ދާއިރާ
4.1.2.13 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ
4.1.2.14 ވިޔަފާރިއާއި އިޤުތިޞާދީ ދާއިރާ
4.1.2.15 ދަތުރުފަތުރުގެ ދާއިރާ
4.1.2.16 ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ
4.1.2.17 ކުޅިވަރު ދާއިރާ
4.1.2.18 އިދާރީ ހިންގުމުގެ ދާއިރާ (ޚިދުމަތުން ދުރުގައިވާ ފަރާތްތައް)
4.1 ޝަރަފުވެރި މަޤާމުތަކާއި ވަނަތައް ހޯދާ ފަރާތްތަކަށް ދެވޭ އިނާމު
(ހ) ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމް ޙާސިލް ކުރާ ނުވަތަ ޙާސިލްކޮށް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ޝަރަފުވެރި ވަނައެއް ހޯދާފައިވާ ފަރާތަކަށްވުން.
(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތަކުން 1ވަނަ، 2ވަނަ ނުވަތަ 3ވަނައިގެ ތެރެއިން ވަނައެއް ހޯދާފައިވާ ފަރާތަކަށްވުން.
(ނ) ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެޑެކްސަލް އޭ ލެވެލް އިމްތިހާނުން ދުނިޔޭގެ ފެންވަރުގެ ވަނައެއް ޙާޞިލްކޮށްފައިވާ ފަރާތަކަށްވުން.
ވީމާ، މަތީގައި ދެންނެވިފައިވާ އިނާމުތަކަށް ނަންހުށަހެޅުމަށް ޝައުގުވެރިވެލައްވާ މި އަތޮޅުގެ ސްކޫލް، މަދަރަސާތަކާއި، ކްލަބް ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ޢާންމުން އިނާމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު 2024 އޮކްޓޫބަރު 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިނާމަށް އެދި ހުށަހަޅާ ފޯމް މި އިޢުލާނާއިއެކުގައިވާ ލިންކުންނާއި މި ކައުންސިލާއި މިއަތޮޅު ރަށު ކައުންސިލްތަކުގެ އިދާރާތަކުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. މި އިއުލާނާއިއެކު "ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތު" އާންމު ކުރީމެވެ.