ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ ކުލަ ޕާކުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

 (IUL)258/258/2024/78 ނަންބަރު

އިޢުލާން

      

ހަނިމާދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ ކުލަ ޕާކުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތައް ހަނިމާދޫ ކައުންސިލުން ތަރައްޤީކޮށްފައިވާ ކުލަ ޕާކުގައި ވަޅެއް ބެހެއްޓުމާއި ކުޅޭ ސަރަޙައްދުގައި ތަޅުންއަޅައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން ބީލަމުގައި ރެޖިސްޓްރީވުމަށް ފަހުގައި އަނދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

 

ބީލަން ފޯމް ރެޖިސްޓްރޭޝަން ލިންކް: https://forms.office.com/r/fe0x0ANCiK

ބީލަން ފޯމް ހުށަހެއެޅުއްވުމުން މައުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ.

 

ތަފްސީލް

 

ބީލަން ރަޖިސްޓްރޭޝަން ފޯމް

https://forms.office.com/r/fe0x0ANCiK

އަންދާސީ ޙިސާބުހުޅުވުން

17 ނޮވެމްބަރ 2024 10:30

 

އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 ރަބީޢުލްއާޚިރް 1446

23 އޮކްޓޯބަރ 2024

23 އޮކްޓޫބަރު 2024
ހޯދާ