ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރުމަށް ސީނިއަރ ސޮފްޓްވެއަރ ޑިވެލޮޕަރ އެއް ހޯދުމަށް ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)425-A2/1/2024/308 (09 އޮކްޓޯބަރ 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތުން ޕްރޮޕޯސަލް ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން ހުރިހާ ލިޔެކިޔުންތައް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީއުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.