ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
މި މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އާއި ގުޅިގެން 'އެޑްވާންސިންގ ދަ ނޭޝަނަލް އެޑެޕްޓޭޝަން ޕްލޭން (ނެޕް) ނަމުގައި މަޝްރޫޢުއެއް ދަނީ ކުރިޔަށް ގެންދަމުންނެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ބޭނުންވާ އިންސްޓިޓިއުޝަނަލް އެރޭންޖްމަންޓާއި ގުޅުންހުރި މަސައްކަތަކާއި، ސްޓްރެޓީޖިކް ޕްލޭނިންގ އަދި ސްޓެކްހޯލްޑަރ އެންގޭޖްމަންޓާއި ގުޅުންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ޔުނައިޓެޑް ނޭޝަންސް ޕްރޮކިއުމަންޓް މެނުއަލް" (DOS/20220.9) (30 ޖޫން 2020) ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
ކޯޓޭޝަން ވެލިޑިޓީ އަދި ހުޅުވުން
ކޯޓޭޝަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ކޮންސަލްޓަންސީ އަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ.
ކޯޓޭޝަން ހުށަހަޅާނީ 30 އޮކްޓޫބަރު 2024 ވަނަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ކޯޓޭޝަން އަނބުރާ ރައްދު ކުރެވޭނެއެވެ. ކޯޓޭޝަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 30 އޮކްޓޫބަރު 2024 ވަނަ ދުވަހު 11:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި އެޕްލިކެންޓުންގެ ނުވަތަ އެޕްލިކެންޓުންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 30th October 2024 at 11:05 hrs – Consultancy Services for a National Expert (Climate Change and Adaptation Planning Specialist) to facilitate National Adaptation Plan formulation and Implementation for the Maldives - (IUL)438-CCD/438/2024/459” and the submitting Applicant’s name and address
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
އީމެއިލް ކޮޕީ: [email protected]
ވެބްސައިޓް: www.environment.gov.mv
އިޢުލާނު ނަންބަރު: (IUL)438-CCD/438/2024/459
ހުށަހެޅީ؛
(ބހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
މި މަސައްކަތް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.