މާފުށީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާފުށި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން
2025 ވަނައަހަރު މާފުށީ ސްކޫލްސެކިއުރިޓީ ބަލަހައްޓާދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 24 އޮކްޓޯބަރ 2024 އިން 27 އޮކްޓޯބަރ 2024 އަށް ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލަށް ގުޅުއްވައިގެން ނުވަތަ ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ ނަންނޯޓްކުރައްވާއިރު ތިރީގައިމިވާ މަޢުލޫމާތު ބޭނުންވާނެއެވެ. ކުންފުނީ/ވިޔަފާރީގެ ނަމާއި، ފޯންނަމްބަރ ،އީ މެއިލް އެޑްރެސް
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 05 ނޮވެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާފުށީ ސްކޫލް / ކ.މާފުށި، ހަވީރީހިނގުން
ފޯނުނަންބަރު 7920287
އީމެއިލް: [email protected]
19 ރަބީޢުލްއާޚިރު 1446
22 އޮކްޓޯބަރ 2024
23 އޮކްޓޫބަރު 2024
ހޯދާ