މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްގެ ޢިމާރާތް ދިއްލުމަށް

މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، ކަސްޓަމްސްގެ ޢިމާރާތް ދިއްލުމަށް ބޭނުންވެގެން ކުރި ނަންބަރު IUL)14-A3/1/2015/51) އިޢުލާނާށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

08 ރަމަޟާން 1436 

25 ޖޫން 2015
ހޯދާ