މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ޞިއްޙީ މަރުކަޒު
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ:
                                މިމަރުކަޒުގެ ނަންބަރ: (ILU)F13-HC/2024/07 (16 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށައެޅީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން ކޯޓޭޝަން ހުށައެޅުމަށް ހުޅުވާލަމެވެ.
- މިމަރުކަޒުގައި ބައެއް މަރާމާތު ކުރަން ބޭނުންވެއްޖެއެވެ. އެގޮތުން
 
- މަރުކަޒުގެ ވޯޑަށް ވަންނަން ހުރި ބޮޑުދޮރު ބަދަލުކުރުން.
 - މަރުކަޒުގެ ވޯޑުގެ ގޯޅިގަނޑުތެރޭގައި އިތުރު ބޮޑުދޮރެއް ހަރުކުރުން.
 
2. މިމަސައްކަތާގުޅޭ މަޢުލޫމާތު ދިނުން 27 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 ގައި ހިތާދޫ ޞިއްހީމަރުކަޒުގައި އޮންނާނެއެވެ. ކޯޓޭޝަން ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް މިމަރުކަޒަށެެވެ.
3. ކޯޓޭޝަން ހުށައެޅޭނީ މައުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތަކަށެވެ.
4. ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
             23 އޮކްޓޫބަރު 2024
            
        
                    ހޯދާ  
                
                