މުލަކަތޮޅު މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމު:

ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު:

J-384612

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސާރވިސް ރޭންކް 5 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް

މުސާރަ:

-/10,064 (ދިހަހާސް ފަސްދޮޅަސް ހަތަރު ރުފިޔާ)

މަޤާމުގެ އެލަވަންސް:

-/4696 (ހަތަރުހާސް ހަސަތޭކަ ނުވަދިހަ ހަރުފިޔާ)

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

ހާޒިރީ އިނާޔަތް: -/127 ރުފިޔާ (ހާޒިރީ އިނާޔަތް ދެވޭ ކޮންމެދުވަހަކަށް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހެލްތް މާސްޓަރ ޕްލޭންއާއި އަދި އެހެނިހެން ޤައުމީ/ ސްޓްރެޓެޖިކް ޕްލޭން ތަކަށް ރިއާޔަތްކޮށް އެއާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވާ އެޕްލޭނާއި އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލް އަދި އެކި ޖަމްޢިއްޔާތަކާއި ގުޅިގެން ރަށުފެންވަރުގައި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  2. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާއިބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އެމަޢުލޫމާތު ކަމާބެހޭ ފަރާތް ތަކަށް އަންގާ އެފަރާތް ތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.
  3. ފާމަސީތައް އަދި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަން އަދި ޔޫރަޕްއަން ޔޫނިއަން އަށް އެކްސްޕޯރޓް ކުރުމަށް މަސްބާނާ އޮޑިދޯނި ފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީގެ ޤަވާއިދުތަކާއި މިންގަޑުތަކާއި އެއްގޮތަށް އިންސްޕެކްޓްކޮށް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  4. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަތޮޅު އަދި ރަށުފެންވަރުގައި ކުރަން ޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  5. ގައިންގަޔަށް އަރާބަލިތަކާއި، އެކިއެކި ސޫފާ ސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތައް އަދި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  6. ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމާއިބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށް ދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވާ ހިންގުން.
  7. ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރަށުފެންވަރުގައި ދިރާސާ ކުރުމަށްފަހު ޤަވާއިދުން ހެލްތް ޕޮރޮޓެކްޝަން އެޖެންސީއަށް ފޮނުވުން އަދި ޕަބްލިކް ހެލްތްގެ މަސައްކަތްތަކާއި ގުޅިފައިވާ ޑޭޓާބޭސްތައް ޤަވާޢިދުން އަޕްޑޭޓް ކުރަމުން ގެންދިއުން.
  8. ވެކްޓަރ ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމާއި، ސާރވެލަންސް އުސޫލުން ބަލަހައްޓަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއިއެކު ޤަވާއިދުން ރިޕޯރޓްކުރުން.
  9. ރަށުގެ ސާފުތާހިރު ކަމާއި ކުނިން ރައްކާތެރި ވެވޭނެ ގޮތްތައް އާންމުންނަށް ވިސްނައިދީ ޕަބްލިކް އަދި ވޮލެންޓްރީ އޮގަނައިޒޭޝަންތަކުގެ އެހީތެރިކަމާއެކު، ހަރުދަނާ ޕްރޮގުރާމްތަކެއް ހިންގުމަށް މަސައްކަތް ކުރުން.
  10. ޞިއްޙީގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ދުރާލާ ރާވާ އެކަން ކުރިއަށް ގެންދިއުން.
  11. އުފަންވެނިވި ޞިއްޙަތާއި ގުޅޭމަސައްކަތްތަކާއި، ގްރޯތް މޮނިޓަރ ކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ބަރުދަން ލުއިވާ ކުދިންގެ މައިންނާއި މަސްވަރާކޮށް އެކަށިގެންވާ މަޢުލޫމާތުދީ، ރަގަޅު ކާނާއާއިބެހޭ އިރުސާދު ލިބިދެވޭނެ އިންތިޒާމް ކުރުން.
  12. ޞިއްޙީ ކުއްލި އެމަރޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  13. ޞިއްޙީ މަރުކަޒުގެ މެނޭޖްމަންޓް އިން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި، އެންމެން ގުޅިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމާއި، އެހެން މީހުންގެ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު 
  • ޕްރައިމަރީ ހެލްތުކެއަރ 
  • ޕަބްލިކް ހެލްތު

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް ހެލްތް ސާވިސަސް
  • ކޮމިއުނިޓީ ހެލްތް ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/Index/51
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ލައިސަންސް ނުވަތަ ރެޖިސްޓްރޭޝަން
  2. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2024 ގެ 14:00  ގެ ކުރިން، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން  އޮންނާނީ، 06 ނޮވެމްބަރ 2024  އާއި 14 ނޮވެމްބަރ 2024 އާ ދެމެދު، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ އޮފީހުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720632 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

23 އޮކްޓޫބަރު 2024
ހޯދާ