ދިވެހިރާއްޖެ
| އިޢުލާނު | |||||||||||||||
| މަޤާމު: | އެސިސްޓެންޓް ޑިރެކްޓަރ | ||||||||||||||
| މަޤާމުގެ ނަންބަރު: | J-322841 | ||||||||||||||
| ބޭނުންވާ އަދަދު: | 1 | ||||||||||||||
| މަޤާމުގެ ގިންތި: | ދާއިމީ | ||||||||||||||
| މަޤާމުގެ ރޭންކު: | އެމް. އެސް. 3 | ||||||||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | 
 
 | ||||||||||||||
| ސެކްޝަން/ ޔުނީޓް | 
 
 | ||||||||||||||
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ | ||||||||||||||
| މުސާރަ: | މަހަކު 7,035.00 ރުފިޔާ | ||||||||||||||
| ސަރވިސް އެލަވަންސް: | މަހަކު 2,000.00 ރުފިޔާ | ||||||||||||||
| އެހެނިހެން އެލަވަންސް: 
 
 
 
 
 
 
 
 | 
 
 | ||||||||||||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ގަވާއިދާއި އެއްގޮތަށް އެކުލަވާލުމާއި އެ ދަފްތަރު ބެލެހެއްޓުމަށް އެޖެންސީއަށް މަތިކުރެވިފައިވާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުން. 2- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމުތަކަށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ހުށަހެޅުމުން، ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފޯމު ޕްރޮސެސް ކުރުމަށްޓަކައި ފޯމާއެކު ހުށަހަޅާފައިވާ ޞިއްޙީ ލިޔެކިއުންތައް އިވެލުއޭޓްކޮށް އިތުރު ލިޔުންތައް ހޯދަންޖެހޭފަދަ ހާލަތުގައި ޔުނިޓުގެ މުވައްޒަފުންނަށް ބޭނުންވާ އިރުޝާދުދީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެލިޔުންތައް ހޯދުމުގައި  3- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމާއި ޞިއްޙީ ލިޔެކިއުންތައް އިވެލުއޭޓްކުރުމުގައި، "ޑިސެބިލިޓީ އައިޑެންޓިފިކޭޝަން އަދި ސެޓިފިކޭޝަން ގައިޑްލައިން" އަށް ރިޢާޔަތްކުރުމާއި، އަދި މި ގައިޑްލައިން އަށް ރިޢާޔަތްކުރާއިރު އެފަރާތުގެ ހުރި އުނިކަން ނުވަތަ ނުކުޅެދުންތެރިކަމުގެ ބާވަތުން ފަންކްޝަނަލް އެސެސްމެންޓް (ދިރިއުޅުމުގެ ދާއިރާތަކުގައި ހަރަކާތްތެރިވެވޭ މިންވަރު" ހަދަންޖެހޭ ފަރާތްތަކުގެ އެސެސްމެންޓް ހެދުމަށް މުވައްޒަފުންނާ ހަވާލުކޮށް އެ މަސައްކަތް ކަނޑައެޅިފައިވާ ވަގުތަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. 4- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމުތަކުގެ ތެރެއިން ފަންކްޝަނަލް އެސެސްމެންޓް ހެދުމަށް ކޮމިޓީއިން ފޮނުވާ ފޯމުތަކަށް އެސެސްމެންޓް ހެދުމަށް ޔުނިޓުގެ އަދި އެޖެންސީގެ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އިރުޝާދާއި ތަމްރީނުތައް ފޯރުކޮށްދިނުން. 5- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭ ކޮމިޓީއަށް ހުށަހަޅާ ފޯމުތައް ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި ގަވާއިދުތަކާ އެއްގޮތަށް ޕްރޮސެސްކުރުމަށްޓަކައި ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ކޮމިޓީއަށާއި ސެކްޝަންގެ ވެރިޔާއަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން. 6- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރަޖިސްޓްރީ ގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހަކު މާލީއެހީ ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ލިސްޓު ތައްޔާރުކުރުމުގެ މަސައްކަތް ސެކްޝަންގެ ވެރިއާގެ އިރުޝާދުގެ ދަށުން ރާވައި ހިންގުމާއި، ކަނޑައެޅިފައިވާ ތާރީޚުގައި އެފަރާތްތަކަށް ފައިސާ ޖަމާކުރެވޭކަން ކަށަވަރުކުރުން. 7- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމަށް އެދޭ ފަރާތްތަކުގެ ފޯމުތަކުގައި ހިމެނޭ މަޢޫލޫމާތު (ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ އާއްމު މަޢުލާމާތުގެ އިތުރުން، ހުރި ނުކުޅެދުންތެރިކަމާގުޅޭ މަޢުލޫމާތު - ޞިއްޙީ ލިޔެކިޔުންތަކާ އައި، ސީ.ޑި ކޯޑިންގ އާއެއްގޮތަށް) ޑޭޓާބޭސްއިން ވެރިފައިކޮށް އެޕްރޫވްކުރުމަށް ސެކްޝަން ވެރިޔާއަށް ފޮނުވުން. 8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އަދި ތެރަޕީ އެހީގެ ތަފާސް ހިސާބު ތައްޔާރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ސެކްޝަންގެ ވެރިއާގެ އިރުޝާދުގެ ދަށުން ޤާއިމުކޮށް ކޮންމެ މަހެއްގެ ތަފާސް ހިސާބު ތައްޔާރުކޮށް ކަމާގުޅޭ ސެކްޝަނާއި އަދި އެހެނިހެން އިދާރާތަކާ ހިއްސާކުރުން. 9- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމާއި މާލީ އެހީދިނުމުގެ ޤާނުނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު " ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު އެކުލަވާލުމާއި ބެލެހެއްޓުމުގެ ގަވާއިދު" ތަންފީޒުކުރުމަށް އެކަށައަޅާ އެކްޝަން ޕްލޭން ހެދުމާއި އަދި މޮނިޓަރ ކުރުމަށް އެކުލަވާލެވޭ ޓެކްނިކަލް ކޮމިޓީގެ މަސައްކަތްތައް ކުރުން. 10- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ތެރަޕީގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފޯމުތަކަށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ހުށަހެޅުމުން، ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފޯމު ޕްރޮސެސް ކުރުމަށްޓަކައި ފޯމާއެކު ހުށަހަޅާފައިވާ ޞިއްޙީ ލިޔެކިއުންތައް އިވެލުއޭޓްކޮށް އެފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ތެރަޕީގެ އެހީ އެކަމަށް ކަނޑައެޅޭ ވަގުތުގައި ޖަމާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން. 11- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ ހާލަތު އަދި މަޢުލޫމާތު ބަދަލުވެފައިވާ ކަމުގެ މަޢުލޫމާތު އެޖެންސީއަށް ލިބުމުން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ޑޭޓާބޭސް/ލިސްޓަށް އުނިއިތުރު ގެނައުން. 12- ޑިސެބިލިޓީ ޔުނިޓުގެ މަސައްކަތްތައް ސެކްޝަން ވެރިޔާގެ އިރުޝާދުގެ ދަށުން ރާވައި ހިންގައި އަދި މުވައްޒަފުންގެ މަސައްކަތްތައް ރާވައި މުވައްޒަފުންނާ މަސައްކަތްތައް ހަވާލުކޮށް މޮނިޓަރ ކުރުމާއި ޑިސެބިލިޓީ ޔުނިޓުގެ މުވައްޒަފުންގެ ޕަރފޯމަންސް އެޕްރެއިޒަލް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރުން. 13- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީއެހީގެ ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ ފަރާތްތަކުގެ ތެރެއިން ހާލަތުބަދަލުވުމާ ގުޅިގެން ނުވަތަ ނިޔާވުމާގުޅިގެން އިތުރަށް ފައިސާ ދެވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ރިކަވަރީ ޔުނިޓާ ކޮންމެ މަހަކު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކޮށް އެމަސައްކަތް ރާވައި ހިންގުން. 14- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭ ފަރާތްތަކަށް ދެވޭ ކާޑު ތައްޔާރުކޮށް އެފަރާތްތަކަށް ރައްދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން. 15- ޑިސެބިލިޓީ އެއިޑް އަދި ތެރަޕީ ކޮމިޓީގެ އިދާރީ ހިންގުން ރާވައި ބެލެހެއްޓުން. 16- ޑިސެބިލިޓީ ޔުނިޓުގެ މަސައްކަތާ ގުޅޭ ދުވަހު ރިޕޯޓު އަދި ޔައުމިއްޔާ ތައްޔާރުކޮށް ދުވަހުން ދުވަހަށް ކަމާގުޅޭ ސެކްޝަނަށް ފޮނުވޭކަން ކަށަވަރުކުރުން. | ||||||||||||||
| މަޤާމުގެ ޝަރުޠުތައް: | 1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން. | ||||||||||||||
| މަޤާމުގެ ތަޢުލީމީ ރޮނގުތައް ޑިސެބިލިޓީ މެނޭޖްމަންޓް ޑިސޭބިލިޓީ ސްޓަޑީޒް ސައިކޮލޮޖީ   ޕްރިފަރޑް ޑިސިޕްލިން ތައް ނެތް ކޯ ޑިސިޕްލިން ތައް ޑިސެބިލިޓީ މެނޭޖްމަންޓް ޑިސޭބިލިޓީ ސްޓަޑީޒް | |||||||||||||||
| މަޤާމުގެ މަސައްކަތުގެ ދާއިރާތައް ގުޅޭ ވަޒީފާގެ ދާއިރާތައް ސޯޝަލް ސާވިސަސް | |||||||||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 
 | ||||||||||||||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. | ||||||||||||||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރު 30 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ، ހަވީރީހިގުން)، އައި.ޖީ.އެމް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. | ||||||||||||||
| ޝޯޓްލިސްޓުކުރުން: 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. | ||||||||||||||
| އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން، 2024 އޮކްޓޫބަރު 31 އާއި 2024 ނޮވެންބަރު 28 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)،ކ.މާލެ ގައެވެ. | ||||||||||||||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||||||||
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | |||||||||||||||
 
                    