މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލ.ގާދޫއަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމާ ގުޅޭ

އިޢުލާން

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ލ.ގާދޫއަކީ މީހުން ބަދަލުކުރާ ރަށެއްގެ ގޮތުގައި 15 ޑިސެންބަރު 2014 ގައި ސަރުކާރުން ކަނޑައެޅުއްވުމާ ގުޅިގެން، ލ.ގާދޫގައި ހުރި ގޯތި ގެދޮރާއި، ގޯތި ގެދޮރުގައި ކުރެވިފައިވާ އުމުރާނީ މަސައްކަތްތަކުގެ ސާރވޭއެއް، 18 މާރިޗު 2015 އިން 20 މާރިޗު 2015 އަށް ވަނީ ކުރެވިފައެވެ.

ވީމާ، ލ.ގާދޫގައި ހުރި ގޯތިގެދޮރާއި، ގޯތި ގެދޮރުގައި ކުރެވިފައިވާ އުމްރާނީ މަސައްކަތުގެ ސާރވޭއެއް މިހާރު ކޮށްނިމިފައިވާތީ، އަލަށް ގޯތި ދޫކުރުމާއި، ގޯތި ގެދޮރުގައި އިތުރު އުމުރާނީ މަސައްކަތް ކުރުމާއި، ގޯތި ބައިކުރުމާއި، ގޯއްޗާއި ގޯތީގެބައިބައި ވިއްކައި ދީ ހެދުން ފަދަ މުޢާމަލާތުތައް އިތުރަށް ނުކުރެއްވުމަށް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

05 ރަމަޟާން 1436

22 ޖޫން 2015
ހޯދާ