ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީ ހިސާބު ބޭނުންވެއްޖެ:

މި އޭޖެންސީގެ ދަށުން ގދ.ތިނަދޫގައި  ޤާއިމްކުރެވިފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގެ ކޭޓަރިންގ ޚިދުމަތް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް  ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. 

ކޭޓަރިންގ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް އަދި އިވެލުއޭޝަން ކްރައިޓީރިއާ އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުން

30 އޮކްޓޯބަރ 2024 (ބުދަ)

10:00

(ހެނދުނު)

- ނޭޝަނަލް ޑްރަގް އޭޖެންސީ ހެޑް އޮފީސް (މ. ސީޓްރެކްސް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ – ގދ. ތިނަދޫ

 

22 އޮކްޓޯބަރ 2024

 

22 އޮކްޓޫބަރު 2024
ހޯދާ