ދިވެހިރާއްޖެ
2025 ވަނަ އަހަރު ސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލުން
2025 ވަނަ އަހަރަށް މިސްކޫލުގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް އަލަށް ވަންނަންއެދޭ ދަރިވަރުންނަށް އެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ވީމާ، މިސުކޫލަށް ވައްދަން ބޭނުންވާ ދަރިވަރުން، ތިރީގައި މިދަންނަވާ ލިޔުންތަކާއިއެކު ސުކޫލަށް ވަންނަންއެދޭ ފޯރމް ފުރިހަމަކުރެއްވުމަށްފަހު (އޮންލައިންކޮށް ނުވަތަ ހާޑް ކޮޕީ) 14 ނޮވެމްބަރ 2024ވާ ހޯމަދުވަހުގެ 12.00ގެ ކުރިން ފުރުއްވުން އެދެމެވެ.
- ހާރޑް ކޮޕީ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯރމް ރަސްމީ ގަޑީގައި ސުކޫލު އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް:
- ދަރިވަރު އަދި ބެލެނިވެރިޔާގެ އައިޑީ ކާޑުގެ ފޮޓޯ ނުވަތަ އައިޑީ ކާޑުގެ ޕީޑީއެފް ކޮޕީ (އައިޑީގެ ދެފުށް ހިމެނޭ ގޮތަށް)
- ދަރިވަރުގެ ވަކްސިން ދެވިފައިވާގޮތް އަންގައިދޭ ވެކްސިން ކާޑުގެ ކޮޕީ
- ދަރިވަރުގެ ޕާސްޕޯޓް ސައިޒުގެ ފޮޓޯ
- ދަރިވަރުގެ ސިއްޙީ އެއްވެސް މައްސަލައެއް ހުރިނަމަ، އެކަމާއިގުޅޭ ލިޔުންތަކުގެ ޕީޑީއެފް ކޮޕީއެއް
އެޕްލިކޭޝަން ފޯރމްގެ ލިންކް: https://forms.gle/qpipxMg7GDw6nw4p9
ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގައި އަމަލުކުރާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނަމްބަރ 22-E/CIR/2024/31 (15އޮކްޓޫބަރ 2024)ގެ ސަރކިއުލަރ އާއި އެއްގޮތަށެވެ.
ގްރޭޑް |
2025 ވަނައަހަރު ދަރިވަރުން ވައްދާ އުމުރުފުރާ |
އެލް.ކޭ.ޖީ |
2024 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރުން |
ޔޫ.ކޭ.ޖީ |
2024 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން އަދި 2024 ދިރާސީ އަހަރު އެލް.ކޭ. ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރުވޭނެއެވެ. |
ގްރޭޑް-1 |
2024 ޑިސެމްބަރ 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން އަދި 2024ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ގެ ދިރާސީ އަހަރު (06 އޭޕްރީލް 2025 ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރުވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6600034 އަށެވެ. އީ-މެއިލް ކުރާނީ އަށެވެ[email protected]
18 ރަބީޢުލްއާޚިރް 1446 ހ.
21 އޮކްޓޫބަރ 2024 މ.