ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ދަފްތަރު އެކުލަވާލައި ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ނާރެސް ޕޯޓަލްގައި އަދާހަމަކުރުމާއި ގުޅޭ

ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. އެގޮތުން ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށާއި އެހެނިހެން މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.

އެހެންކަމުން، މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީކުރުން 24 އޮކްޓޯބަރު 2024 އިން 31 އޮކްޓޯބަރު 2024 އަށް ކައުންސިލް އިދާރާގައި ކުރިއަށްދާނެއެވެ. މިމުއްދަތުގައި ދަފްތަރުގައި ރަޖިސްޓްރީވުން ކުރިއަށްދާނެ ގަޑިތައް ތިރީގައި އެވަނީއެވެ.

  • ސަރުކާރުބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 12:00 އަށް.
  • ހުކުރު ދުވަހުގައި މެންދުރުފަހު 15:00 އިން 18:00 އަށް.
  • ހޮނިހިރު ދުވަހު ހެނދުނު 09:00 އިން 12:00 އަށް.

ވީމާ، މިރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯކް ޕާމިޓް، ޕާސްޕޯޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއި އެކު ބިދޭސީން މިއިދާރާއަށް ފޮނުވައި ދެއްވުންއެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މަޢުލޫމާތު އަދާހަމަކުރުމަށް އެފަދަ ބިދޭސީންވެސް ފޮނުއްވާދެއްވުމަށްވެސް ދަންނަވަމެވެ. އަދި އަދާހަމަކުރަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނޭތީވެ، މިފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ހާޒިރުވުމަށް ދަންނަވަމެވެ.

މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ދެއްވުމަށް ދަންނަވަމެވެ.

22 އޮކްޓޫބަރު 2024
ހޯދާ