ދިވެހިރާއްޖެ
އިޢުލާން
ސޯލަރ ބިމުގެ އުތުރަށްހުރި ގެއިން ބިން ކުއްޔަށް ދޫކުރުމާއިގުޅޭ
ސޯލަރ ބިމުގެ އުތުރަށް ހުރި ގެއިން 07 ބިން ގުދަންކުރުމުގެ މަސައްކަތް ފަދަ މަސައްކަތް ކުރުމައް 20 އަހަރު ދުވަހަށް މަހަކު އަކަފޫޓަކަށް -/80 ލާރިއަށްވުރެ ކުޑަނުވާ އަގަކަށް ކުއްޔަށް މި އިދާރާއިން ކުރި ނަންބަރު: (IUL)387/387/2024/34 (06 އޮގަސްޓް 2024) އިޢުލާނުގައިވާ ބިމުގެ އަގަށް ބަދަލު ގެނައުމާ ގުޅިގެން އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިބިންތައް ކުއްޔައް ހިފުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރ 2024 ވަނަދުވަހުގެ 8:30 އިން ފެށިގެން 29 އޮކްޓޯބަރ 2024 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 06 ނޮވެމްބަރ 2024 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 05 ނޮވެމްބަރ 2024 ވަނަދުވަހު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރާގެ މެއިލް އެޑްރެސްކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު މައުލޫމާތުޝީޓް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުންވެސް މައުލޫމާތުޝީޓު މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.