ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
28 ކްލާސްރޫމްގެ ކަރަންޓް ވައިރިންގ އަށް ބަދަލު ގެނައުން

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 މި ސްކޫލުގެ 28 ކްލާސްރޫމްގެ ކަރަންޓް ވައިރިންނަށް ބައެއް ބަދަލު ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

  • މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،2024 އޮކްޓޯބަރ 22 އިން 30 އޮކްޓޯބަރ އަށް ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި  ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރިހަމަ ކުރައްވާ [email protected] އަށް އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޯބަރ 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • ބިޑް ހުށަހަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
  • ބިޑް ހުޅުވުން އޮންނާނީ 2024 ނޮވެމްބަރ 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލް އޮފީހުގައެވެ.

 ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

  • އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ·       ޖަލާލުއްދީން ސްކޫލް / ކުޅުދުއްފުށި ސިޓީ
  • ފޯން:  6528815, 6528873
  • އީ-މެއިލް: [email protected]
22 އޮކްޓޫބަރު 2024
ހޯދާ