މަޤާމް
|
އޮޑިޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ރޭންކް
|
L8 – E1
|
ބޭނުންވާ ޢަދަދު:
|
01
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޔުނިޓް
|
އިންޓަރނަލް އޮޑިޓް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު
|
އަސާސީ މުސާރަ
|
-/6,400 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/3,000 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
- ނުވަތަ ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ފާސް ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
- މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ.
- މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:
- ކޯޕަރޭޓް ގަވަރނަސްއަށް އަހުލުވެރިވުން؛
- މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛
- ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން؛
- ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓްކުރުމުގެ ތަޖުރިބާ ހުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމެންޓްތަކާއި، ޗެނަލްތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އެއްގޮތަށްތޯ ބަލާ ޗީފް އިންޓަރނަލް އޮޑިޓަރއަށް ރިޕޯރޓް ކުރުން؛
- އިންޓަރނަލް އޮޑިޓް އަދި ޕްލޭންތައް ތައްޔާރުކުރުމަށް ޗީފް އިންޓާރނަލް އޮޑިޓަރ އަށް އެހީތެރިވުން؛
- އޯޑިޓް ވާރކް ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން؛
- އޯޑިޓް ޕްލޭނާ އެއްގޮތަށް ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން؛
- އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތު ކުންފުނީގެ އެކި ޑިޕާރޓްމަންޓްތަކުންނާއި ޗެނަލްތަކުން ހޯދުން؛
- މަޢުލޫމާތު ދިރާސާ ކޮށް، ކޮންޓްރޯލް ވީކްނަސް ފާހަގަކޮށް، ރަނގަޅުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން؛
- ޑްރާފްޓް ޑިސްކަޝަން ޕޭޕަރއާއި ޑްރާފްޓް އޮޑިޓް ރިޕޯރޓްތައް ތައްޔާރުކުރުން؛
- އޮޑިޓް ރިޕޯރޓް ތައްޔާރުކުރުމަށް، ޗީފް އިންޓާރނަލް އޮޑިޓަރއަށް ބޭނުންވާ އެހީތެރިކަންދިނުން؛
- އެކްސްޓަރނަލް އޮޑިޓް އަދި އިންޓާރނަލް އޮޑިޓްގައި ރަގަނޅުކުރުމަށް ލަފާދީފައިވާ ކަންކަން ރަނގަޅުކުރަމުން ގެންދޭތޯ ބެލުން؛
- އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތަށް ދޭންޖެހޭ އެއްބާރުލުން ދިނުން؛
- އަދި މުވައްޒަފުގެ ޒިންމާގެ އިތުރުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000228، 3000207 އާއި ގުޅުއްވުން އެދެމެވެ.
|