ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ، ޕްރޮކިއުމެންޓްސް

މަޤާމު: މެނޭޖަރ، ޕްރޮކިއުމެންޓްސް  

މުސާރަ

މަހަކު -/10،500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3500

މަޤާމުގެ ރޭންކް

EX4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޕްރޮކިއުމެންޓްސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސްއޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުންޏަށް ބޭނުންވާ މުދަލާއި ޚިދުމަތް ހޯދައި ލިބިގަތުމުގެ އެންމެހާ މަސައްކަތް ކުރުމާއި ވިލަރެސްކުރުން
  • ކުންފުންޏަށް ގަންނަންޖެހޭ ތަކެއްޗާއި ހޯދަންޖެހޭ ޚިދުމަތްތަކާ ގުޅޭގޮތުން ހުށަހަޅާ ރިކްއެސްޓްތަކުގެ ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުމުގެ މަސައްކަތް މޮނީޓަރކުރަމުން ގެންދިއުން
  • ކުންފުންޏަށް ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކުގެ ކަންކަން މިކަމާގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ކަމާބެހޭ މުވައްޒަފުންނަށް މަގުދެއްކުމާއި އެކަންކަން ހިނގާނުހިނގާގޮތް މޮނިޓަރކުރުން؛
  • ކުންފުންޏަށް ގަންނަ މުދާ ބަލައިގަތުމާއި ކަމާބެހޭ ޑިޕާޓްމަންޓްތަކާ ޙަވާލުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދުވަހުން ދުވަހަށް މިކަން މޮނިޓަރކުރަމުން ގެންދިއިން؛
  • ގަންނަންޖެހޭ ތަކެތި ގަތުމާއި ހޯދަންޖެހޭ ޚިދުމަތްތަކުގެ ތެރެއިން ބީލަމުގެ އުސޫލުން އިޢުލާންކޮށްގެން ކުރަންޖެހޭ ކަންކަން ކުރުމަށް އިޢުލާންކުރުމާއި އެކަންކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޭންޖެހޭ މަޢުލޫމާތު ދެވޭނެ އިންތިޒާމުތައް ކުރުމާއި އަދި އަންދާސީހިސާބުތައް، ގަވާއިދުން ބަލައިގަނެ، އަންދާސީ ހިސާބު ބަލާ ކޮމެޓީއަށް ހުށަހަޅުން ގެންދިއުން؛
  • ބީލަމުގެ އުސޫލުން ގަންނަ މުދަލާއި ޚިދުމަތްތަކާ ބެހޭގޮތުން އަންދާސީހިސާބު ބަލާ ކޮމެޓީއަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުމާއި އެކަންކަމުގައި އެ ކޮމެޓީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަންދާސީ ހިސާބު ބަލާ ކޮމެޓީން ނިންމާ ނިންމުންތައް ކަނޑައެޅިފައިވާ އުސޫލުން ތަންފީޒުކުރަމުން ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދުވަހުން ދުވަހަށް އެކަންކަން ބަލަމުން ގެންދިއުން؛
  • ޕްރޮކިއުމެންޓާ ގުޅޭ މަސައްކަތެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ނުވަތަ ނުވަތަ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، އެކަން ޑިރެކްޓަރަށް އެކަމުގެ މަޢުލޫމާތު ދީ ޑިރެކްޓަރ ދޭ ލަފައާ އެއްގޮތަށް އެކަމެއްގައި އަޅަންޖެހޭ ފިޔަވަޅުއެޅުން؛
  • ޕްރޮކިޔުމެންޓް މެދުވެރިވެގެން ކުރާ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށާއި ސްޕީޑް އަވަސްކުރުމަށް ކޯޕަރޭޝަންގެ ޑިޕާޓްމަންޓްތަކަށް މުހިންމުވާނެ މަޢުލޫމާތު ޙިއްޞާކޮށް އެހީތެރިވެދިނުން؛
  • ކުންފުންޏަށް ބޭނުންވާ ތަކެތި ފޯރުކޮށް ދޭނެ ފަރާތްތަކުގެ ދަފްތަރު ކަނޑައަޅައި ބެލެހެއްޓުން

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ