ދިވެހިރާއްޖެ
މި ކޯޓުގައި ހުރި ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 30 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިކޯޓުގައި އޮންނާނެއެވެ. މިތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 30 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.