މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

      މިކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ކުރެހުންތައް ތައްޔާރުކޮށްދީ، ޓެކްނިކަލްސްޕެސިފިކޭޝަންތަކާއި، ސްޓްރަކްޗަރަލް އަދި ސިވިލް ކުރެހުންތަކުގެ މަސައްކަތްތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

      މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.               

 މިމަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި އެސްޓިމޭޓް ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރޭޝަން ލިންކު: https://forms.gle/62K4LJPMXbC6diRY7 

      މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާއި ނުވަތަ އެސްޓިމޭޓާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.  މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ހުށައަޅާ އެސްޓިމޭޓް އޮންނަން ވާނީ ސިޓީ އުރައަކަށްލައި ބަންދު ކުރެވިފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ހުށައަޅާ ފަރާތުގެ ނަމާއި ރަޖިސްޓްރީ ނަންބަރު އެނގެން އޮންނަންވާނެއެވެ.

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮކްޓޫބަރު 2024
ހޯދާ