ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ އެޑްމިނިސްޓްރޭޝަން

މަޤާމު: މެނޭޖަރ އެޑްމިނިސްޓްރޭޝަން

މުސާރަ

މަހަކު -/10،500 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/3،500

މަޤާމުގެ ރޭންކް

EX4

ބޭނުންވާ އަދަދު

01

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސްޢޫލިއްޔަތު އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3(ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 5(ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކުންފުނީގެ އިދާރީ މަސައްކަތްތައް ރާވައި، ހިންގުމުގެ އިންތިޒާމުކޮށް، ބެހެއްޓުން؛
  • ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކޯޕަރޭޝަންގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްތައް ކުރުން؛
  • ކުންފުނީގެ  އޮޕަރޭޝަންސާއި ލޮޖިސްޓިކް މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ކޮށް، ސްޕަވައިޒްކުރުން؛
  • ކުންފުނީގެ އެއްގަމު ދަތުރުފަތުރަށް ބޭނުންވާނެ އިންތިޒާމުތައް ހަމަޖެއްސުމާއި ވެހިކަލްތައް ބޭނުންކުރުމާއި ބެލެހެއްޓުން؛
  • ކުންފުނީގެ ބެލުމުގެ ދަށުގައިވާ ބިންތަކާއި ޢިމާރާތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމާއި ސާފުތާހިރުކަންމަތީ ބޭއްވުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައި މޮނިޓަރކުރުން؛
  • ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން؛
  • ކުންފުނީގެ އިންފްރާންސްޓްރަކްޗަރ ވިޔަފާރި އުސޫލުން ބޭނުންކޮށްގެން އާމްދަނީ ހޯދުމަށް އެހީތެރިވުން؛
  • ކުންފުނީގެ ބޭނުންވާ ތަކެތި ހޯދުމާއި އިންވެންޓްރީ ބެލެހެއްޓުމާއި ސްޓޮކަށް ބޭނުންވާ ތަކެތި ދެނެގަނެ، ހޯދުމާއި ސްޓޮކް ބެލެހެއްޓުން؛ 
  • ކުންފުނީގެ މެއިންޓެނަންސް އާއި ސެކިއުރިޓީ ބެލެހެއްޓޭނެ އިންތިޒާމުތައް ކޮށް، ސްޕަވައިޒްކުރުން؛
  • އެކި ބޭނުންތަކަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާކުރުމާއި ކޯޕަރޭޝަންގެ ފްރޮންޓް އޮފީސް ރާވައި، ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި ސްޕަވައިޒްކުރުން؛
  • ކޯޕަރޭޝަންގެ ހުރިހާ ޑިޕާޓްމަންޓްތަކަށް އަންނަ މެއިލްތަކާއި ފެކްސްތަކާއި އެނޫން ވަސީލަތްތައްތަކާއި ގޮތްތަކަށް އަންނަ ލިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ރައްދުކުރެވޭނެ އުސޫލުތަކާއި އިންތިޒާމުތައް ހަމަޖައްސައި، މޮނިޓަރކުރުން؛
  • ކުންފުނީގެ އެކި ފެންވަރުގައި ބާއްވާ ބައްދަލުވުންތަކާއި މުވައްޒަފުންގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ވެރިންނާއި މުވައްޒަފުންގެ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ މާޙައުލު ޤާއިމުކޮށްދިނުމާއި އެފަދަ ބައްދަލުވުންތައް ބޭއްވުމަށް ބޭނުންވާ އެހީތެރިކަން ލިބިދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛
  • މުވައްޒަފުންގެ ދަތުރުތަކާބެހޭ ކަންކަން ކުރިޔަށް ގެންދާނެގޮތް ރޭވުމާއި އިންތިޒާމުކުރުން؛
  • މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން؛

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.
ސުންގަޑި 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 ޖުލައި 1 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ.އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު 

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ