ވ. އަތޮޅު މަދަރުސާ، ވ. ފުލިދޫ
ދިވެހިރާއްޖެ
2025 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ

2025 ވަނަ ދިރާސީ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ          

        2025 ވަނަ ދިރާސީ އަހަރު ވ. އަތޮޅު މަދަރުސާގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 2025 ވަނަ އަހަރަށް ދަރިވަރުން މަދަރުސާއަށް ވެއްދުމަށް އެދޭ ފޯމް ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން 13:30 އަށް ވ. އަތޮޅު މަދަރުސާގެ އޮފީހުން ލިބެން ހުންނާނެއެވެ.

       ވީމާ، ދަރިވަރުން މަދަރުސާއަށް ވެއްދުމަށް އެދިލައްވާ ފަރާތްތަކުން 14 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޑްމިޝަން ފޯމް ފުރުމަށްފަހު މި މަދަރުސާގެ އޮފީއަށް ހުށަހެޅުއްވުން އެދެމެވެ.

ގްރޭޑް

2025 ވަނަ އަހަރު ދަރިވަރުން ސްކޫލަށް ވައްދާ އުމުރުފުރާތައް

އެލް.ކޭ.ޖީ

 2024 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން  

ޔޫ.ކޭ.ޖީ

 2024 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން. އަދި،2024 ދިރާސީ އަހަރު އެލް.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު ( 06 އެޕްރީލް 2025ގައި ފެށޭ ) ޔޫ.ކޭ.ޖީއަށް ބަދަލު ކުރެވޭނެއެވެ.

ގްރޭޑް 1

2024 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. އަދި ދިރާސީ އަހަރު ޔޫ.ކޭ.ޖީ ފުރިހަމަ ކޮށްފައިވާ ހުރިހާ ދަރިވަރުން 2025 ދިރާސީ އަހަރު (06 އެޕްރީލް 2025ގައި ފެށޭ) ގްރޭޑް 1 އަށް ބަދަލު ކުރެވޭނެއެވެ.


  • އެލް.ކޭ.ޖީ އަށް ދަރިވަރަކަށް ވަދެވޭނީ، ނިމުނު އަހަރުގެ ޑިސެމްބަރު 31 އަށް (2024 ޑިސެމްބަރު 31 އަށް) އުމުރުން 4 އަހަރު ފުރިފައިވާ ދަރިވަރުންނަށް ކަމުގައި ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ (2025 ވަނަ އަހަރުގެ) 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ދަރިވަރުންނަށް އެލް.ކޭ.ޖީއަށް ވަނުމުގެ ފުރުޞަތު ބެލެނިވެރިޔާ އެދިއްޖެނަމަ އެ ދަރިވަރަކަށް ދެވިދާނެއެވެ.
  • އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުނުކުރެވޭނެއެވެ.
  • އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ދަރިވަރުން ވެއްދުމަށް އުމުރު ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.
  • ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ދަރިވަރުން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލް.ކޭ.ޖީ އަކަށް ނުވައްދާނެއެވެ.

އެޑްމިޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  •  ދަރިވަރުގެ އައިޑީކާރޑު އަސްލާ ކޮޕީ،
  •  ބެލެނިވެރިޔާގެ އައިޑީކާޑުގެ ކޮޕީ،
  •  ވެކްސިން ދެވިފައިވާ ގޮތް އަންގައިދޭ ވެކްސިން ކާޑުގެ އަސްލާ ކޮޕީ،
  •  ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް،
  •  ހަގު އުމުރުފުރާއިން ދަރިވަރު މަދަރުސާއަށް ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ ލިޔުން،

                

              22 އޮކްޓޫބަރު 2024

22 އޮކްޓޫބަރު 2024
ހޯދާ