އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓް ފާމަސީ (އެސް. ޓީ.އޯ ފާމަސީ)ގެ ބޭރު ފާރުގައި ކްލެޑިންގ ޖަހާދޭނެ ފަރާތެއް ހޯދުން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

 މި ހޮސްޕިޓަލުގެ އައުޓް ޕޭޝަންޓް ފާމަސީ (އެސް. ޓީ.އޯ ފާމަސީ)ގެ ބޭރު ފާރުގައި ކްލެޑިންގ ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއިޢުލާނާއެކު ދީފައިވާ ބީ.އޯ.ކިއު އާއި އެއްގޮތައް މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

Item

CLADDING WORKS

SUMMARY OF BILLS OF QUANTITIES

 

   

 

   

BILL No.

DESCRIPTION

 AMOUNT

1

TOTAL OF BILL NO. 01 (PRELIMINARIES)

                                -  

2

TOTAL OF BILL NO. 02 (CARPENTRY WORKS)

                                -  

3

TOTAL OF BILL NO. 04 (Omissions)

 

 

 

 

 

TOTAL

                           -  

 

GST 8%

                           -  

 

GRAND TOTAL

                        -  

 

Note: Detail BOQ and Drawing Set attached with email

މަސައްކަތުގެ މުއްދަތު 10 ދުވަސް

 

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  •   ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  •   ހުށަހަޅަންޖެހޭ ތަކެތި
  • އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު (ބީއޯކިއުގައި) ، ޖީއެސްޓީ ހިމަނައިގެން.
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ

 

  • ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • ވޭތުވެދިޔަ 3 އަހަރު ތެރޭގައި ކްލެޑިންގ މަސައްކަތް ކޮށްފައިވާކަން، މަސައްކަތް ކުރުވި ފަރާތުން ދީފައިވާ 1 ލިޔުން

މައުލޫމާތު ދިނުން

މިމަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 23 އޮކްޓޫބަރ 2024 ގައި 11:00ގައި ޕްރޮކިއުމަންޓް ޑިޕާރޓްމަންޓުގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި މަސައްކަތްކުރާ ސައިޓް ބެލުން އޮންނާނެއެވެ.

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

95

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

3

ތަޖުރިބާ

05

ތަޖުރިބާގެ 1 ލިޔުން

އަންދާސީ ހިސާބު ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައި.ޖީ.އެމް ހޮސްޕިޓަލް

އައިޖީއެމްއެޗްގެ އައުޓް ޕޭޝަންޓް ފާމަސީ (އެސް. ޓީ.އޯ ފާމަސީ)ގެ ބޭރު ފާރުގައި ކްލެޑިންގ ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރ 2024 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  •  ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-      ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން

2-      މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

3-      ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

 

ނޯޓު:

  1. ހޮސްޕިޓަލުގެ ވެބްސައިޓް އިން މި އިޢުލާން އާއިބެހޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
  2. https://www.igmh.gov.mv/publications/tenders
  3. އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.  

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]، [email protected]

 

 18 ރަބީޢުލް އާޚިރު 1446

 22 އޮކްޓޫބަރ 2024

22 އޮކްޓޫބަރު 2024
ހޯދާ