ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތްވިލާމަގުގެ ޕްލޭނަށް ގެނެވިފައިވާ ބަދަލާ ގުޅޭ

އިޢުލާން

ރަތްވިލާމަގުގެ ޕްލޭނަށް ގެނެވިފައިވާ ބަދަލަކާ ގުޅިގެން އަމީނީމަގުގެ ހުޅަނގުކޮޅުން ފެށިގެން ވަސީމާ ތުނޑިއާ ހަމައަށް ނޫކުލައިގެ ދަވާދުން 1 ން 391 އަށް ނަންބަރު ޖަހާފައި ހުންނާނެއެވެ. ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިން 23 ޖޫން 2015 ން 9 ޖުލައި 2015 އަށް ރުއްގަހުގެ ވެރިންގެ ސިޓީ އަކާއި އައި.ޑީ ކާޑުގެ ކޮޕީއަކާއި 2 ހެކިންގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ. އަދި މި ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައިވަނީ މި އިދާރާއިން ބަދަލުގެ ގޮތުގައި ދީފައިވާ ރުއްގަހާއި މި އިދާރާއިން ހުއްދަ ހޯދައިގެން އިންދާފައިވާ ރުއްގަސްކަން ސާބިތުކޮށްދޭ ރުއްގަހަށެވެ. ވީމާ، މިނޫން ތަކެތި އެ ތަކެތީގެ ވެރިން މި ތާރީޚަށް އެތަނުން ނަންގަވައި ތަން ހުސްކުރުމަށް އަންގަމެވެ. މިގޮތުން ނުނަންގަވައި ހުންނަ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސް ކަމުގައި ބަލައި އެ ތަކެތި ނެއްތައިލެވޭނެކަން އަންގައި އިޢުލާން ކުރަމެވެ. އަދި މި ތާރިޚުގެ ފަހުން ހުށަހަޅާ ސީޓީ ބަލައިނުގަނެވޭނެ ކަމާއި އަދި މި އިޢުލާން ގެޒެޓް ކުރާ ދުވަހުން ފެށިގެން ނަންބަރު 28/2015/-B-381/(ތާރީޚު: 24 މޭ 2015) ގެ އިޢުލާން ބާޠިލުވީ ކަން އަންގައި އިޢުލާން ކުރަމެވެ.

06 ރަމަޟާން 1436

23 ޖޫން 2015
ހޯދާ