މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ސަރަޙައްދު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުގެ ވެރިފަރާތް ހޯދުން

އިޢުލާން

 

މިރަށު ބަނދަރު ސަރަޙައްދު ފަޅުތެރޭގައި އަޑިއަށް ގޮސްފައިވާ، އިއުލާނުގައިވާ ފޮޓޯއިން ފެންނަ އުޅަނދުގެ ވެރިފަރާތެއްވާނަމަ 30 ދުވަހުގެ ތެރޭގައި ކައުންސިލަށް ލިޔުމުން އެކަން އެންގުމަށްފަހު އުޅަނދު އެ ސަރަޙައްދުން ނެގުމަށް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި ދޯނީގެ ވެރިފަރާތުން ކައުންސިލަށް އެންގުމަށްފަހު އުޅަނދު އެ ސަރަޙައްދުން ނަގާފައި ނުވާނަމަ ޤަވާއިދު ނަންބަރު 2013/R-1179 "ޢާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު"ގެ 5 ވަނަ މާއްދާގެ (ހ) ދަށުން އެ އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗެއްކަމުގައި ކަނޑައެޅުމަށްފަހު، އިސްވެ ދެންނެވުނު ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ އުޅަނދު ނެގުމުގެ މަސައްކަތް ކައުންސިލުން ކުރިއަށްގެންދާނެކަމުގައި ދަންނަވަމެވެ. އަދި މިފަދައިން ނެގޭ ތަކެތި ނައްތާލުމުގެ ނުވަތަ ނީލަމުގައި ވިއްކާލުމުގެ އިޚްތިޔާރު މިޤަވާއިދުގެ ދަށުން ކައުންސިލަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.

22 އޮކްޓޫބަރު 2024
ހޯދާ