މަޤާމް
|
ރެޖިސްޓަރޑް ނަރސް
|
ބޭނުންވާ އަދަދު
|
30
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް: MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2500 ރުފިޔާ
|
ރިސްކް އެލަވަންސް
|
-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
|
ޑިޕާޓްމަންޓް /ސެކްޝަން
|
ނާރސިންގ ޑިޕާރޓްމަންޓް
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް
|
- ވޯޑެއް ހިންގުމުގައި އެކަށީގެންވާގޮތަށް ނާރސިންގ ކެއަރ ދެވޭނޭފަދަ އިންތިޒާމުތައްް ރޭވުމާއި، ބަލިމީހުންނަށް ނާރސިންގ ކެއަރ ދިނުމާއި، މިކަމުގައި އިޙްސާންތެރިކަމާއެކު އެމީހުންގެ ޖިސްމާނީ ބޭނުންތަކަށާއި، ނަފްސާނީ ބޭނުންތަކަށާއި، އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާޚިލާފް ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި، ރިފަރކޮށްފައިތިބޭ މީހުން އެ ޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެމަތިން ބަލިމީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭގޮތުން އެމީހުންނަށް މަޢުލޫމާތު ދިނުން.
- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާބެހޭ ޑޮކްޓަރުންނަށް އެންގުމާއި، ޑޮކްޓަރުން އަންނަންދެން އެފަދަ އިމަޖެންސީތައް މެނޭޖްކުރުން.
|
ތަޢުލީމާއި ތަޖުރިބާ
|
1. ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން. ނުވަތަ؛
2. ޑިޕްލޮމާއިން ކޮންވާރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުން.
|
މި މަޤާމްތަކަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައްް
|
- މި މަޤާމްތަކަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން (www.igmh.gov.mv ން) މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ.ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވުން)
- ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައިނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ.
ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.
|
ފޯމް ބަލައިގަތުމާއި ދޫކުރުން
|
2015 ޖޫން 25 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 ން މެންދުރުފަހު 13.30 އަށް.
|
އިނާޔަތްތައް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ސުންގަޑި
|
2015 ޖުލައި 6 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް.
(2015 ޖުލައި 6 ވާ ހޯމަ ދުވަހުގެ 13.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށް ނުވަތަ 3335343 ނަންބަރު ފޯނަށެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން
|
2015 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.
|
5 ރަމަޟާން 1436
|