އޮފީސް
|
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
|
މަޤާމު
|
ޑިރެކްޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ/ އެގްޒެކެޓިވް/ މެނޭޖަރ
|
ރޭންކް: EX1
|
މުސާރަ
|
މަހަކު -/8،835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2،000 ރުފިޔާ
|
މަސައްކަތްކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާޢްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިދާރީގޮތުން މިނިސްޓްރީން ކުރަންޖެހޭ (މަރުކަޒުގެ) އެންމެހާ މަސައްކަތްތައް އިންތިޒާމުކުރުމާއި، ހިންގައި ބެލެހެއްޓުން.
- އޮފީސް ހިންގުމަށް ބޭނުންވާތަކެތި ހޯދުމާއި ބެލެހެއްޓުމުގެ އެންމެހާ މަސައްކަތްތައް ރާވައި އިންތިޒާމުކޮށް ބެލެހެއްޓުން.
- މަރުކަޒުގެ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތުކުރުމާއި ނައްތާލަން ބޭނުންވާ ތަކެތި ނައްތާލުމުގެ މަސައްކަތް ހިނގާގޮތް ބެލެހެއްޓުން.
- މަރުކަޒުން ކުރަންޖެހޭ އެންމެހާ ދަތުރުތަކާބެހޭ އިންތިޒާމުތައް ހިނގާގޮތް ބެލެހެއްޓުން.
- މަރުކަޒުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް (ހުށަހަޅަންޖެހޭ މުއްދަތަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތާއެކު) އިސްކޮށް ބެލެހެއްޓުން.
- މަރުކަޒުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޮމެންސް އެޕަރައިޒަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި ޔުނިޓްތަކުގެ އިސްބޭފުޅުންގެ ޕަރފޮމެންސް އެޕަރައިޒަލްއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުމާއި ޔުނިޓްތަކުގެ އިސްބޭފުޅުންގެ ޕަރފޮމެންސް އެޕަރައިޒަލް ހެދުން.
- މަރުކަޒުގެ އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާއި ކުރެވޭ އެގްރިމެންޓްތަކާ ބެހޭ އެންމެހާ ކަންކަން ހިނގާގޮތް ބެލެހެއްޓުން.
|
މަޤާމު
|
ކޯޑިނޭޓަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އިންވެންޓްރީ އާއި، ސްޓޮކް (ގަވާއިދުތަކާ އެއްގޮތަށް) ބެލެހެއްޓުމާއި، މުއައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކުރުން.
- މަރުކަޒުގެ ހުރިހާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ގޮތުން މި މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވައި އަދި އެއްމަސައްކަތް ހިންގައި ބެލެހެއްޓުން.
- މަރުކަޒުން ކުރަންޖެހޭ އެންމެހާ ދަތުރުތައް ކަމާބެހޭ ބޭފުޅުންގެ ލަފައާއި މަޝްވަރާއާއެކު، އިންތިޒާމުކޮށް ރާވައި އަދި އެމަސައްކަތް ހިންގައި ބެލެހެއްޓުން.
- އަހަރީރިޕޯޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެކަމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ރާވައި އަދި އެމަސައްކަތް އެމަސައްކަތްތައް ކުރުން
- މަރުކަޒަށް ބޭނުންވާ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެތަކެތި މަރާމާތު ކުރުވައި އަދި ނައްތާލަންޖެހޭ ތަކެތި ނައްތާލުމުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވައި އަދި އެމަސައްކަތް ހިންގައި ބެލެހެއްޓުން.
- މަރުކަޒު ހިންގުމުގައި ވެރިޔާއަށް އެހީތެރިވެދިނުމާއި، ވެރިޔާ ނެތް ވަގުތުތަކުގައި މަރުކަޒު ހިންގުމުގެ މަސައްކަތް ކުރުން.
|
މަޤާމު
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގުރޭޑް 1
|
ރޭންކް:MS1
|
މުސާރަ
|
މަހަކު -/5610 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒު ހިންގުމާބެހޭ އެންމެހާ ކަންކަމުގައި މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަވާ މީހަކަށް އެހީތެރިވުން.
- މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި މީހަކު ގުރައިދޫގައި، ނެތް ވަގުތެއްނަމަ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނަ މީހެއްގެ މަޝްވަރާގެ މަތިން މަރުކަޒު ހިންގުމާ ބެހޭ އެންމެހާ ކަންތައްތައް ކުރުން.
- ސަޕޯޓު ސަރވިސަސް ސެކްޝަނުގެ މަސައްކަތްތައް (މެއިންޓެނަންސްއާއި، ޓެކްނިޝިއަނުންގެ މަސައްކަތްތަކާއި ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތަކާއި ހައުސްކީޕިންގގެ ދަށުން ހިންގާ ބަލަހައްޓާ އެންމެހާ ކަންތައްތައް) އޮފީހުގެ އެންމެ އިސްވެރިޔާގެ މަޝްވަރާއާއެކު ހިންގައި ބެލެހެއްޓުން.
- ލިބޭ، ފޮނުވާ ރަސްމީ އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތަކާއި ޕްރައިވެޓް ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް ފަދަ ލިޔުންތައް ލިޔެ ތައްޔާރުކޮށް ފޮނުވައި ބެލެހެއްޓުން.
- މުވައްޒަފުންނާމެދު އެޅޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
- މަރުކަޒުން ބަލަހައްޓާ މީހުންނަށް ކާންދިނުމަށް ތައްޔާރުކުރަންޖެހޭ މެނޫޝީޓު ތައްޔާރުކޮށް ކުރިއަށް އޮންނަ ހަފުތާގެ މެނޫޝީޓު ހިނގާ ހަފުތާ ހުސްވުމުގެ ކުރިން މަރުކަޒު ހިންގުމާ ހަވާލުވެހުންނަވާ މީހަކަށް ދައްކައި ފާސްކުރުމާއި އަދި މެނޫޝީޓާ އެއްގޮތަށް ކާންދިނުމުގެ ކަންތައްތައް ކުރިއަށްދޭތޯ ބެލެން.
- ހަވާލުކުރާ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
- އޮފީހުގައި ހުންނަ ލިޔެ ކިއުމާއި އެހެނިހެން ތަކެއްޗަށް އަމާނާތްތެރިވުން.
- މަރުކަޒަށް ދިމާވާ ކަންތައްތަކުގެ ތެރެއިން އާންމުކޮށް ނުހިނގާ، ޚާއްޞަ ގޮތެއްގައި ދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
މަޤާމު
|
މެކޭނިކް
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުގެ ކަރަންޓަށް ދިމާވާ ހުރިހާ މައްސަލަތަކެއް ބަލައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައި އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން އެކަންކަން ރަނގަޅު ކުރުން.
- މަރުކަޒުގެ ބޯފެންލައިން އާއި ފެންވަރާ ފެންލައިންތައް ބެލެހެއްޓުމާއި އެލައިންތަކުގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭނަމަ އެކަމެއް ހައްލު ކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައި އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން އެކަންކަން ރަނގަޅު ކުރުން.
- މަރުކަޒުގެ ފާޚާނާތަކާއި އެހެނިހެން ތަންތަނުގެ ފެންވައިރިންގއަށް ދިމާވާ މައްސަލަތަކެއް އެސިސްޓެންޓް މެކޭނިކުންގެ އެހީތެރިކަން ހޯދައިގެން ހައްލުކުރުން.
- މަރުކަޒުގެ ފެންމޯޓަރތަކާއި، އިންޖީނު އަދި ޕަންޕު ފަދަ ތަކެތި ސަރވިސްކޮށް ބެލެހެއްޓުމާއި އެކަންކަމަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- މަރުކަޒުގެ ހުރިހާ ތަންތަނެއްގެ ހޮޅިބުރި ލައިޓް ދިއްލޭތޯއާއި އެއިން އެއްވެސް އެއްޗަކަށް މައްސަލައެއް ޖެހިއްޖެނަމަ އެކަމެއް ހައްލުކުރުން.
- މަރުކަޒުގެ ދޮރުފަތްތަކުގެ ތަޅު، ހުޅު، ތަންޑު ފަދަ އެއްޗެއްސަށް ދިމާވާ މައްސަލަތައް ހައްލުކުރުން.
- ވަޒީފާގެ ގޮތުން މަސައްކަތްތައް ކުރުމަށް މަރުކަޒުން ޙަވާލުކޮށްފައިވާ ޓޫލްތައް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި މަސައްކަތްތަކަށް ބޭނުންވާ ޓޫލްސް އެކަމާ ހަވާލުވެގެން ހުންނަ މުވައްޒަފަކާ ވާހަކަދައްކައިގެން ހޯދުން.
- މަރުކަޒުގެ މަސައްކަތު މީހުންކުރާ މަސައްކަތްތަކުގައި ވަގުތުވީ ވަރަކުން ސަރުދާރު އަންގާ ގޮތެއްގެ މަތިން ބައިވެރިވުން.
|
މަޤާމު
|
ހެލްތު އޮގްޒިލިއަރީ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގުރޭޑް 2
|
ރޭންކް: SS2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގައި ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޞިއްޙީ ފަރުވާދޭ ބައިގެ އެންމެހާ މަސައްކަތްތައް ކުރުން.
- މަރުކަޒުން ބަލަހައްޓާ މީހުންނަށް ދޭންޖެހޭ ބޭސް ސްޓާފް ނަރުހުންގެ ލަފާގެ މަތިން ގަވާއިދުން ދެމުން ގެންދިއުމާއި ބޭސް އެޅުމަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން.
- ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތްތަކުގައި އެހީތެރިވުން.
- މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ސްޕޮންޖް ކުރަންޖެހޭ މީހުން ސްޕޮންޖް ކުރުން.
- ޑިއުޓީ ބަދަލުވާ ގަޑިތަކުގައި ހުރިހާ ވޯޑްތަކަށްގޮސް މަރުކަޒުން ބަލަހައްޓާ މީހުންގެ ހާލު އަހުވާލު ބަލައި ހެދުން
- މަރުކަޒުން ބަލަހައްޓާ މީހުންގެ ކެއުމާއި ސައިގެ ގަޑިތަކުގައި އެހީވުމާއި އަމިއްލައަށް ނުކެވޭ މީހުންނަށް ކާން ދިނުމުގައި އެހީތެރިވުން
- ހަވާލުކުރެވޭ ޑިއުޓީތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވެ ޑިއުޓީތައް އަދާކުރުން
- މަރުކަޒުން ބަލަހައްޓާ މީހުންގެ ސާފުތާހިރުކަމާމެދު ޚާއްޞަ ސަމާލުކަމެއް ދިނުމާއި އެފަދަ މީހުންގެ ނިޔަފަތި، ދަތްޕިލަ، ބޯ، ތުނބުޅި ޗެކްކޮށް ބަލިމީހުންބަލަހައްޓާ މީހުން ލައްވާ އެފަދަ ކަންކަން ރަނގަޅު ކުރުވުން.
- މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށްއުޅެވާ މީހުންލައްވައި މަސައްކަތް ކުރުވުމާއި ތަފާތު ކުޅިވަރުތައް ކުޅުވުމުގައި އެހީތެރިވުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
މަޤާމު
|
އިސްކައްކާ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: SS3
|
މުސާރަ
|
މަހަކު -/ 3875 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/ 1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބަދިގޭގެ މަސައްކަތާގުޅޭ އެންމެހާ ކަންތައްތައް އިސްނަގައިގެން ކުރުން
- ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
- ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ މެނޫއާ އެއްގޮތްވާ ގޮތުގެ މަތިން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
- ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
- ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުން.
- ޙަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާކުރުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
މަޤާމު
|
ބޮޑު ކައްކާ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
ރޭންކް: SS2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ. ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސެންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ބަދިގޭގެ މަސައްކަތާގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެ ހުންނަވާ މުވައްޒަފަކު އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
- ބަދިގެތެރެ ސާފުކޮށް ބެލެހެއްޓުމާއި ސާފުތާހިރުކަންމަތީ ކާބޯތަކެތި ތައްޔާރުކުރުމާއި ބަދިގޭގައި އުޅޭއިރު ސާފުކޮށް ހުރުން.
- ކޮންމެ ދުވަހަކަށްވެސް ބޭނުންވާ ކާބޯތަކެތި އެދުވަހެއްގެ މެނޫއާ އެއްގޮތްވާ ގޮތުގެ މަތިން ގަޑިއަށް ތައްޔާރުކޮށް ފޯރުކޮށްދިނުން.
- ބަދިގޭގައި ބޭނުންކުރާ ތަކެތި އަމާނާތްތެރިކަމާއެކު ބެލެހެއްޓުން.
- ބަދިގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އިސްކައްކާއަށް އެދި އެފަދަ ތަކެތި ހޯދުން.
- ޙަވާލުކުރެވޭ ޑިއުޓީތައް ބަރާބަރަށް ފަރުވާތެރިކަމާއެކު އަދާ ކުރުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން
|
މަޤާމު
|
މަސައްކަތު (އަންހެން)
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް:SS1
|
މުސާރަ
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލުކަން ލިބިފައިވުން
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
އިމާރާތް ފޮޅައި ސާފުކޮށް ކުނިކަހައި ބެލެހެއްޓުން.
|
މަޤާމު
|
ބަލިމީހުން ބަލަހައްޓާ (6 ފިރިހެން/ 5 އަންހެން)
|
ބޭނުންވާ އަދަދު
|
11
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
ރޭންކް:
|
SS2
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
މަސައްކަތް ކުރަންޖެހޭތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް މުޚާތަބު ކުރުމާއި، ފަރުވާތެރިކަމާއެކު އެމީހުން ފެންވަރުވައި ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުން ނިދާ އެނދުތަކުގައި ތަންމަތި އަޅައި ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުން ތިބޭ ގޭގޭގެ ފަންކާތަކާއި ފަރުނީޗަރާއި ކެއުމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ސާފުތާހިރުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވޭ ޑިޔުޓީތައް ފަރުވާތެރިކަމާއެކު އަދާކުރުން.
- މަރުކަޒުން ބަލަހައްޓަމުންދާ މީހުންނަށް ބޭނުންވާ އަންނައުނާއި ދަތްއުނގުޅާބޭހާއި ރީތިވާސާމާނު ފަދަ ތަކެތި މަރުކަޒުގައި އެކަމާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް ދަންނަވައިގެން ހޯދައިދިނުމާއި އަމާނާތްތެރިކަމާއެކު އެ ތަކެތި ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓާ މީހުންނާގުޅޭ އެންމެހާ ކަންތައްތައް އެކަމާ ހަވާލުވެހުންނަވާ ބޭފުޅެއް އަންގަވާ ގޮތެއްގެ މަތިން ކުރަމުން ދިޔުން.
- އެއްވެސް ޙާލެއްގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް މަރުކަޒުން ބަލަހައްޓާ މީހުންނަށް ނުކުރުމާއި އެމީހުން އެކަކު އަނެކަކަށްދޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުމާއި އެމީހުން އަމިއްލައަށް ލިބޭ ގެއްލުންތައް ލިބުނަނުދީ އެފަދަ ޢަމަލުތައް ހުއްޓުވުން.
- މަރުކަޒުން ބަލަހައްޓާ މީހުންގެ ތެރެއިން ބަންދުކުރެވިފައިވާ މީހުންނާއި ވޯޑްތަކުގައި ތިބޭ މީހުންގެ ހާލު މަދުވެގެން ކޮންމެ 15 މިނެޓަކުން ބަލައި ޗެކްކުރުން.
- މަރުކަޒުން ބަލަހައްޓާމީހުންގެ ތެރެއިން މަސައްކަތްކޮށްއުޅެވޭ މީހުންލައްވައި މަސައްކަތް ކުރުވުމާއި ތަފާތު ކުޅިވަރުތައްކުޅުވުމުގައި އެހީތެރިވުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.
|
މަޤާމު
|
އޮފީސް އެސިސްޓެންޓް
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒުން ހަވާލުކުރާ ސިޓީއާއި އެހެނިހެން ތަކެތި އަމާނާތްތެރިކަމާއެކު ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.
- މަރުކަޒުން އެކި ފަރާތްތަކަށް ދެއްކުމަށް ހަވާލުކުރާ ޗެކްތައް ދެއްކުމަށް މާލެ ދިއުން.
- މަރުކަޒަށް ބޭނުންވާ ތަކެތި ބަލާ މަރުކަޒުން ފޮނުވާ ތަންތަނަށް ދިއުމާއި މަރުކަޒުގެ އެކިއެކި ބޭނުންތަކަށް ހޯދަންޖެހޭ މީހުން ހޯދަން ދިއުން.
- މަރުމަޒުގެ ކައުންޓަރުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބަލަހައްޓައި ކުރުން.
- މަރުކަޒުގެ ޚިދުމަތްތަކާ ގުޅުންހުރި މަރުކަޒުން އަންގާ އެންމެހާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަންކުރުން.
|
މަޤާމު
|
ބަނޑޭރި
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2
|
މުސާރަ
|
މަހަކު -/3470 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/1000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭތަން
|
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު/ ކ.ގުރައިދޫ
|
ތަޢުލީމާއި ތަޖުރިބާ
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން. ނުވަތަ،
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މަރުކަޒަށް ހޯދަންޖެހޭ ކާބޯ ތަކެތީގެ ލިސްޓު ތައްޔާރުކޮށް އެވަގުތަކު ކޮއްތުފައިސާއާ ހަވާލުވެހުރި މީހަކަށް ދަންނަވައިގެން ހުސްނުވާނެ ގޮތެއްގެ މަތިން ތަކެއްޗަށް އޯޑަރ ދިނުން.
- މަރުކަޒަށް ގެންނަ ކާބޯތަކެތީގެ ތެރެއިން ބަނޑޭރީގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތީގެ ސްޓޮކް ގަވާއިދާ އެއްގޮތަށް ލިޔެ ބެލެހެއްޓުމާއި ސްޓޮކުން ތަކެތި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރުން އަދި އެތަކެތި ރައްކާތެރި ގޮތުގައި ބެލެހެއްޓުން.
- ބަނޑޭރީގެ ޙަވާލުގައި ބަނޑަހަގޭގައި ހުންނަ ތަކެތީގެ ތެރެއިން އެންމެހާ ތަކެތި ހަލާކު ނުވާނެގޮތެއްގެ މަތިން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މުއްދަތު ހަމަވެފައިވާ ކާބޯތަކެތީގެ އެއްވެސް ބާވަތެއް ބަނޑަހަގޭގައި ހުރިތޯ ބަލައި ޗެއްކުރުން.
- މަރުކަޒަށް ގެންނަ ކާބޯތަކެތީގެ ބާވަތްތައް ބަލައިގަތުމުގެ ކުރިން ލިސްޓުގައިވާ އަދަދަށް ތަކެތި ހަމަތޯ ބަލައި ޗެކްކުރުމަށްފަހު ގުދަނުގައި ތަކެތި ތަރުތީބުން އަތުރާފައި ބެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުގެ އެކްރިޑިޓް ކޮށްފައިވާ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވާ ސެޓުފިކެޓު ބާޠިލުވާނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް
- ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
|
ސުންގަޑި
|
06 ޖުލައި 2015 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑަރަށް ހުށަހެޅުން (ބިއްލޫރިގެ/ މަޖީދީ މަގު) އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށްވެސް ފޯމު ހުށަހެޅިދާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޖުލައި/އޮގަސްޓުމަހުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމު މިމިނިސްޓްރީގެ ކައުންޓަރުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ލިބެން ހުންނާނެއެވެ.
|