މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

މިކުންފުނީގެ (ޝިޕް ބިލްޑް އެންޑް ރިޕެއަރ ޑިވިޜަން) ތިލަފުށި ސައިޓުގައިވާ (ގާތްގަނޑަކަށް) 05 ޓަނުގެ ބާދަގަނޑު ޚާއްޞަ ނީލަމުގައި ވިއްކާލުމަށް ވަނީ ނިންމާފައެވެ.  

 

ނީލަން ކިޔުން:

1- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ނިޔަލަށް، މިދަންނަވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ނަންނޯޓް ކުރެއްވުންއެދެމެވެ. [email protected]

2- މިތަކެތި ބެއްލެވުމަށް ބޭނުންވެ ވަޑައިގަންނަވާ ފަރާތްތަކުން 26 އޮކްޓޯބަރ 2024  ވާ ހޮނިހިރު ދުވަހު ހެދުނު 10:30 އިން 12:00 އަށް އެމްޓީސީސީ ތިލަފުށި ސައިޓަށް ވަޑައިގެން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބެއްލެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

3- ނީލަން ކިއުން އޮންނާނީ 29 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހު 14:00 ގައި އެމްޓީސީސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު) ގައެވެ.

4- މި ނީލަމުގައި ބައިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި10,000/-ރ ( ދިހަހާސް ރުފިޔާ) އެމްޓީސީސީގެ ބެންކް އެކައުންޓް ނަންބަރ  001-100668-7717 އަށް 28 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 އާއި 16:00 ދެމެދު ޖަމާކުރަން ވާނެއެވެ. 16:00 ގެ ފަހުން ފޮނުވޭ އެއްވެސް ފައިސާ އެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

5- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

6- ނީލަން ފެށޭނީ ޓަނަކަށް -/2000ރ. (ދެހާސް ރުފިޔާގެ)  ރޭޓުންނެވެ.

7- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު ޓަނަކަށް -/200ރ. ( ދުއިސައްތަ ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

8- ނީލަންނިމޭތާ 24 ގަޑި އިރުތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދައްކަވާ ޚަލާސް ކުރަން ޖެހޭނެއެވެ.   

9- ނީލަންނިމޭތާ 7 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް ގެންގޮސް ނިންމަންވާނެއެވެ.

10- ނީލަން ކުރިޔަށްދާނީ 05 ޓަނު ހަމަވަންދެންނެވެ. އަދި 05 ޓަނަށް ވުރެ މަދުވާނަމަ، މަދު ވާ އަދަދެއްގެ ފައިސާ ރީފަންޑް ކޮށްދެވޭނެއެވެ.

11- މި ނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 އޮކްޓޫބަރު 2024
ހޯދާ