ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް ހިނގަމުންދާ ދުވަސްތަކުގައި ފުޓްސަލް ދަނޑު ކައިރީ ކެންޓީން ހިންގުމަށް ފުރުސަތު ހުޅުވާލުން
ތިލައުތުރު ފުޓްސަލް މުބާރާތް 2024 ހިނގަމުންދާ ދުވަސް ތަކުގައި ފުޓްސަލް ދަނޑު ކައިރީގައި ކެންޓީން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޯޓޭޝަން ހުށައަޅާ ފޯރމް ދޫކުރުން |
22 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އިން 28 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް ކެލާ ކައުންސިލްގެ އިދާރާއިން. |
ކޯޓޭޝަން ބަލައިގަތުމަށް ބާއްވާ ބައްދަލުވުން |
29 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
21 އޮކްޓޫބަރު 2024
ހޯދާ