|
މަޤާމުގެ ނަން: އެސިސްޓެންޓް ކައުންސެލަރ (ކޮންޓްރެކްޓް)
|
މުސާރަ: -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
|
|
ރޭންކް: ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު: 2
|
|
މުއްދަތު: 31 ޑިސެންބަރު 2015ގެ ނިޔަލަށް
|
|
މަސައްކަތް ކުރަންޖެހޭ ތަން: ކައުންސެލިންގ ޔުނިޓް
|
|
ޝަރުޠު:
- ކައުންސެލިންގ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުން.
|
|
މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ޒުވާނުންނަށް ނަފްސާނީ ގޮތުން އެހީތެރިވުމުގެ ގޮތުން ކައުންސެލިންގ ސެޝަންތައް ނަގައި ދިނުން.
- ކައުންސެލިންގ ޔުނިޓްގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަންނަ ކުލައިންޓުންނަށް ދުޅަހެޔޮ ގުޅުމެއް ބޭއްވުން.
- ކައުންސެލިންގ ޑޭޓާބޭސް އަޕްޑޭޓް ކުރުން.
- ކްލައިންޓުންގެ ކޭސް، ރެކޯޑަށް ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއެކު ރަނގަޅު ގުޅުމެއް ބައްވާ، ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިޒަރަށް ރިޕޯޓު ކުރުން.
- ކައުންސެލިންގ ޔުނިޓަށް އަންނަ ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި މަޢުލޫމާތު ދިނުން.
- ކައުންސެލިންގ ޔުނިޓުގެ ކައުންސެލަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ބޭއްވޭ ސުޕަރވިޝަން އަދި އީ.އޭ ގައި ބައިވެރިވުން.
- ޕިއަރ އެޑިޔުކޭޝަން ޕްރޮގްރާމް އަދި ވޮލަންޓިއަރ ޕްރޮގްރާމްގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަންގެ ފަރާތުން ބާއްވާ ބޮޑެތި އިވެންޓްތައް/ ކެމްޕެއިންތަކުގައި އެހީތެރިކަން ފޯރުކޮށް
- އެވެއަރނެސް ސެޝަންތައް ރާވައި ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސެލިންގގެ މަސައްކަތް ޕްރޮމޯޓް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ދެވޭ ޚިދުމަތާބެހޭ މަޢުލޫމާތު އާންމުންނަށް ދިނުމަށް މަސައްކަތް ކުރުން.
- ޒުވާނުންގެ މަރުކަޒުގެ މާޙައުލުގައި އެކުވެރިކަން ބަދަހިކުރުވުމުގައި އެހީތެރިވެދިނުން.
- މީގެ އިތުރުންވެސް ތަނުގެ މަސައްކަތަށް ކުރިއެރުން ލިބޭފަދަ ހުރިހާ ކަމެއްގައި ބައިވެރިވުމާއެކު އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
|
|
ނޯޓް:
މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.
މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމްގައެވެ.
މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.
ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
- ސުންގަޑި: 2015 ޖުލައި 05 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން
- އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
- ވެބްސައިޓް އެޑްރެސް www.youth.gov.mv
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347316 އަށް
|