މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރިސޯސްސެންޓަރުގެ މަރާމާތު މަސައްކަތް

ފުނަދޫ ރިސޯސް ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތަކެއް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ (IUL)283-BF/283/2024/71  އިޢުލާނާއިގުޅިގެން މަޢުލޫމާތުސާފުކުރުމަށް އެއްވެސްފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރީމެވެ.

                ވީމާ، މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ރިސޯސްސެންޓަރުގެ މަރާމާތުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ  13:00 އަށް  މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 29 އޮކްޓޯބަރ 2024 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު  ހުށައެޅުއްވުން އެދެމެވެ.

20 އޮކްޓޫބަރު 2024
ހޯދާ