މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށުގެ ހުޅަނގު ފަރާތު ހިއްކި ފަސްގަނޑުގައި ވެރިއަކު ނުވެހުރި ބައު ދަގަނޑުތަކާއި ވެހިކަލްތައް ނެގުމާއިގުޅޭ.

 މިރަށުގެ ހުޅަނގު ފަރާތު ހިއްކި ފަސްގަނޑުގައި ވެރިއަކު ނުވެހުރި ބައު ދަގަނޑުތަކާއި ވެހިކަލްތައް ނެގުމާއިގުޅޭ.

މިރަށުގެ ހުޅަނގު ފަރާތު ހިއްކި ފަސްގަނޑު ސަރަޙައްދުތަކުގައި ހުރި ބައުވެހިކަލްތަކާއި ބައުދަގަނޑުތަކުގެ ވެރިފަރާތެއްހޯދުމަށް 2023 ންފެށިގެން ތިންފަހަރެއްގެ މަތިން، އިޢުލާންކޮށް 2024 އޮކްޓޯބަރ 21، (މިއަދާއި)ހަމައަށްވެސް ވަނީ ވެރިފަރާތެއް ނުވެފައެވެ. އެހެންކަމުން ބައުވެހިކަލްތަކާއި ބައުދަގަނޑުތައް ނަގާ އެސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2024 އޮކްޓޯބަރު 27 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކު މެދުވެރި ކުރައްވާ ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެ ލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަންބަރު: 6640183 އަށް ގުޅުއްވުން އެދެމެވެ.

           މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ގޫގުލްފޯމްލިންކް:docs.google.com/forms/d/1YHhFWgcXXPYEgy-2w_XDOyALnhMC-zGFO9jUJAega8k/edit

18 ރަބީޢުލްއާޚިރާ 1446

21 އޮކްޓޫބަރު 2024
ހޯދާ