ދިވެހިރާއްޖެ
ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ތައްޔާރުކުރުމާއި ރެކޯޑް ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލް ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމުކުރާކަމެކެވެ. މި ގޮތުން މިހާރު އެކުލަވާލެވިފައިވާ ދަފްތަރު ޑިޖިޓަލައިޒު ކުރުމުގެ ގޮތުން ނާރެސް ޕޯޓަލް އަށް އެޅުމުގެ މަސައްކަތް 27 އޮކްޓޯބަރ 2024 ން 04 ނޮވެމްބަރ 2024 އާ ދެމެދު ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން އެންމެ ފުރަތަމަވެސް ކައުންސިލްގެ ޓީމެއް ރަށުގެގޭއަށް ޒިޔާރައްކޮށް ރަށުގައި މި ވަގުތު ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ނެގިގެންދާނެއެވެ. އަދި ކައުންސިލަށް މަޢުލޫމާތު ދިނުމުގައި ބިދޭސީން އަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު އެ ފަރާތްތަކަށްދީ މަޢުލޫމާތު ނެގުމަށްޓަކައި ކައުންސިލަށް ހާޟިރު ވާންޖެހޭ ގަޑިއާއި ތާރީޙް ބިދޭސީންނަށް އެންގޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަން ބިދޭސީން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބިދޭސީންގެ ދަފްތަރު އެކުލަވާލުމުގައި ކައުންސިލުން އަމަލުކުރާނެ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އާންމުކުރެވިފައިވާނެއެވެ. މި ކަމުގައި ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންގެ އެޙީތެރިކަމާއި އެއްބާރުލުން ބޭނުންވާ ވާހަކަވެސް ދެންނެވީމެވެ.
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީމެއިލް އެޑްރެސް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.