ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
ބެޗެލަރ އޮފް ޓީޗިންގ އެރެބިކް ލޭންގުއޭޖް އެންޑް ލިޓްރޭޗަރ (އޮނަރސް)

ބެޗްލަރ އޮފް ޓީޗިންގ އެރެބިކް ލޭންގުއޭޖް އެންޑް ލިޓްރޭޗަރ( އޮނާރސް)

މި ކޯހަށް  ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ކުއްލިއްޔާގެ ކައުންޓަރުންނެވެ.

މަތީގައި ދެންނެވުނު ކޯހަށް ބޭނުންވާ ތަޢުލީމީ މިންގަޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ. 

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ދަންފަޅި

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

އޮނާރސް ޑިގްރީ

ބެޗްލަރ އޮފް ޓީޗިންގ އެރެބިކް ލޭންގުއޭޖް އެންޑް ލިޓްރޭޗަރ (އޮނަރސް)

  • ކުއްލިއްޔާ ޤަބޫލުކުރާ ޝަހާދާޘާނަވިއްޔާއާ އެއްފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • ކުއްލިއްޔާ އިން ހިންގާ ޢަރަބި ކޯހުން ޑިޕުލޮމާ ހާސިލުކޮށްފައިވުން؛ ނުވަތަ،
  • ކުއްލިއްޔާއިން ހިންގާ ޢަރަބި ކޯހުގެ ލެވެލް 4 ނިންމާ ސަނަދު ހާސިލުކޮށްފައިވުން؛ ނުވަތަ،
  • އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސެޓުފިކެޓެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލުކޮށްފައިވުން.
  • އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު ކުއްލިއްޔާއިން ދޭ އިންޓަވިއުއިން ފާސްވުން.

ހަވީރު

30

4 އަހަރު (8 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440 ރުފިޔާ

 

 

 

 

 

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ ވެލިޑޭޓު ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 2 ފޮޓޯ.
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުންހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސް ކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 21 ޖުލައި 2015 ވާ ބުދަ ދުވަހުގެ 10:30 ން 12:00 އަށެވެ.
  • ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް އޮރިއެންޓޭޝަން އޮންނާނީ 22 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ން 11:30 އަށެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • ޢަރަބި ބަހުގެ ކޯސްތަކުގެ ކިޔެވުން އޮންނާނީ މެންދުރު ފަހު 4:00 ން ރޭގަނޑު 10:00 އާ ދެމެދުގައެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3316870 އަދި 3312718 ނަންބަރެށެވެ.

ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 10:30 ން 13:30 އަށެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު ކުއްލިއްޔާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

5 ރަމަޟާން 1436

22 ޖޫން 2015
ހޯދާ