ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. މާވަށު ބެޑްމިންޓަން ކޯޓު އިމާރާތުގެ ފޭސް-2 (ރޭނުމާ، ތަޅުންއެޅުން)

އިއުލާނު

ބީލަން ހުށައެޅުމުގެ ދަޢުވަތު

ބީލަމުގެނަން: ލ. މާވަށު ބެޑްމިންޓަން ކޯޓު އިމާރާތުގެ ފޭސް-2 (ރޭނުމާ، ތަޅުންއެޅުން)

ބީލަން ނަންބަރު: 400/PROJ/2024/06

އިއުލާނު ނަމްބަރު: (IUL)400/PRIV/2024/20

އިއުލާނުގެ ވަނަ: 02

ލ.މާވަށު ބެޑްމިންޓަން ކޯޓު އިމާރާތުގެ ފޭސް-2 (ރޭނުމާ، ހިޔާކުރުން) ގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެކަމަށްއެދި އަންދާސީހިސާބު ހުށަހެޅުމަށް ހުޅުވާލި ފުރުޝަތުގައި، އެމަސައްކަތް އެއްވެސްފަރާތަކާއި ހަވާލުކުރެވިފައިނުވާތީ، އެ ޕްރޮޖެކްޓުގެ މަސައްކަތް އަލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރީމެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން

2024 އޮކްޓޯބަރ 28 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން  ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރަންވާނެއެވެ. ބީލަން ރަޖިސްޓްރޭޝަންފޯމް މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިކައުންސިލްގެ ވެބްސައިޓުންވެސް ލިބެންހުންނާނެއެވެ. ބީލަން ރަޖިސްޓްރޭޝަން ފީއަކީ -/150 ރުފިޔާއެވެ. ބީލަން ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބީލަން ރަޖިސްޓްރޭޝަންފޯމް ފުރުއްވުމަށްފަހު ތިރީގައިވާ އެކައުންޓަށް ރަޖިސްޓަރޭޝަން ފީ ޖަމާކުރުމަށްފަހު، ފޯމާއި ސްލިޕް މި ކައުންސިލްގެ މެއިލްއެޑްރެސް އަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ފައިސާދައްކަވާ، ފޯމު ހުށައެޅުން އެދެމެއެވެ.

އެކައުންޓް ނަންބަރު: 7707700295001

އެކައުންޓް ނަން: 1451 Revenue-1

މި ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ 18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯއްނާނެވާހަކަ ދެންނެވީމެވެ.

ބީލަން ފޮތް

މި ބީލަމުގެ ބީލަންފޮތް، މި އިއުލާނާއިއެކު ގެޒެޓް ކުރެވޭނެއެވެ. އަދި މިއިދާރާގެ ވެބްސައިޓުންވެސް ބީލަންފޮތް ލިބެން ހުންނާނެއެވެ.

ބީލަން ހުށައެޅުން / ބީލަން ހުޅުވުން

ބީލަން ހުށައެޅުމުގެ ސުންގަޑިއަކީ 2024 އޮކްޓޯބަރ 29 ވާ އަންގާރަ ދުވަހު 13:30 އެވެ. ބީލަން ހުށައަޅަން ޖެހޭނީ ލ.މާވަށު ކައުންސިލް އިދާރާއަށެވެ. ބީލަން ހުށައަޅަންޖެހޭނީ ބަންދުކުރުވެރިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ލ. މާވަށު ބެޑްމިންޓަން ކޯޓު އިމާރާތުގެ ފޭސް-2 (ރޭނުމާ، ތަޅުންއެޅުން)" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުޅުވާނީ 2024 އޮކްޓޯބަރ 29 ވާ އަންގާރަ ދުވަހު 13:30 ގައި މާވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މައުލޫމާތު

  • މި ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 6800718, 9999871 ނަންބަރު ފޯނަށެވެ.
  • އީމެއިލް ކުރައްވާނީ [email protected] އީމެއިލް އަށް،
20 އޮކްޓޫބަރު 2024
ހޯދާ