ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ކައުންސިލަށް 06 ޝީޓްގެ ބަގީއެއް ގަތުން

މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް މިކައުންސިލަށް 06 ޝީޓްގެ ބަގީއެއް ގަންނަން ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)378/2024/44( 10 އޮކްޓޯބަރ 2024 ) ގެ އިޢުލާންގެ މަޢުލޫމާތުޝީޓަށް ބަދަލު ގެންނަންޖެހުމާ ގުޅިގެން އެއިޢުލާން ބާޠިލުކޮށްފައިވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ މިދެންނެވި ބަގީ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށްވަޑައިގެން ނުވަތަ  މިއިދާރާގެ އީމެއިލް info@hulhudheli.gov.mv މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ،   އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

މި ކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

28 އޮކްޓޯބަރ 2024

ހޯމަ

13:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި

30 އޮކްޓޯބަރ 2024

ބުދަ

10:00

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކައުންސިލްގެ އީމެއިލް info@hulhudheli.gov.mv  އަށް ފޮނުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2024
ހޯދާ