ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2024 ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2024 ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:       

ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2024، ނަމުގައި ހދ ނޮޅިވަރަންފަރު ޑަބްލިއު.ޑީ.ސީ އިން އިންތިޒާމްކޮށް، ނޮޅިވަރަންފަރުގެ އަންހެން ކަނބަލުންނަށް އަދި އަވަށްޓެރި 03 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް 25 ނޮވެމްބަރު 2024 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހޯސްޓްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏27‏ އޮކްޓޯބަރ‏ 2024‏ (އާދީއްތަ‏) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/FQvTdeXFkw  

ޕްރީ ބިޑް މީޓިން ‏23‏ އޮކްޓޯބަރ‏ 2024‏ (ބުދަ‏)   11:00  އަށް ނޮޅިވަރަންފަރު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން: ‏30‏ އޮކްޓޯބަރ‏ 2024‏ (ބުދަ‏)  13:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏24‏ އޮކްޓޯބަރ‏ 2024‏ (ބުރާސްފަތި‏) 11:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

20 އޮކްޓޫބަރު 2024
ހޯދާ