ދިވެހިރާއްޖެ
އިޢުލާނު
"ވިޝަންސް އޮފް ދަ ފިއުޗާ" އާޓް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން
މި ކޮމިޝަނުން 29 އޮކްޓޫބަރު 2024 ގައި ކުރި އިއުލާނުގައި IUL)427-OPR/1/2024/42) ގައި ހުޅުވާލި "ވިޝަންސް އޮފް ދަ ފިއުޗާ" އާޓް މުބާރާތުގައި ބައިވެރިވިވުމުގެ ސުންގަނޑި ވަނީ 30 އޮކްޓޫބަރު 2024 ނިޔަލަށް އިތުރުކޮށްފައި ކަމުގައި ދަންނަވަމެވެ.
ވީމާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ކަނޑައަޅާފައިވާ ޝިއާރުތަކާއި އެއްގޮތަށް އާޓް މަސައްކަތް މި ކޮމިޝަނަށް ހުށެހެޅުން އެދެމެވެ.
މި މުބާރާތާއި ގުޅޭ މައުލޫމާތު ތިރީގައި މިވަނީ އެވެ.
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރުގެ ބްރޯޑްކާސްޓް ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ ޝިއާރަކީ "މާދަމާގެ ތަސައްވަރު : ބްރޯޑްކާސްޓިންގގެ މުސްތަޤުބަލު ބައްޓަންކުރުން" އެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި ކޮމިޝަނުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތް "ވިޝަންސް އޮފް ދަ ފިއުޗާ" ގައި ބައިވެރިވަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމަށް ހުޅުވާލަމަ އެވެ. އެހެން ކަމުން މި އާޓް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ތިރީގައި މިވާ ގައިޑްލައިނާއި އެއްގޮތަށް އާޓް ހުށެހެޅުން އެދެމެވެ.
ކުރެހުމުގެ މުބާރާތަށް ހުށަހަޅާ ކުރެހުމަކީ ތިރީގައި ބަޔާންކޮށްފައިވާ ޝިއާރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ކުރެހުމަކަށް ވާން ޖެހެ އެވެ.
- "ދަ އިވޮލިއުޝަން އޮފް މީޑީއާ": މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.
- "ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ": މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރެވެ.
- "ބްރޭކިން ނިއުސް": މި ތީމަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިން މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭންވާނެ އެވެ.
އާޓް މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް
- 6 އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ
- 10 އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ
- 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާ
- ނޯޓް: ކޮންމެ އުމުރުފުރައަކަށް ބޭނުން ޝިއާރަކަށް އާޓް ހުށެހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ހުށަހަޅަންޖެހޭ އާޓްގެ ސައިޒު އަދި ބޭނުން ކުރެވޭ މީޑިއަމްސް
- ޑިޖިޓަލް ނޫން ކޮންމެ މީޑިއަމަކުން ހަދާފައިވާ އާޓް މަސައްކަތެއް މި މުބާރާތުގައި ބައިވެރި ކުރެވޭނެ އެވެ. މިގޮތުން، ފަންސޫރު ކުލަ، ކްރޭޔޯން، މާކަރު، ފެން ކުލާ، ޕޯސްޓާ ޕެއިންޓް،އެކްރިލިކް ޕެއިންޓް އަދި އެހެން މެޓީރިއަލްތައް ބޭނުންކޮށްގެން ކުރާ މަސައްކަތް ހުށެހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
- މުބާރާތުގައި ބައިވެރިކުރުމަށް ފޮނުވާ އާޓް މަސައްކަތުގެ ސައިޒު ވާންވާނީ A3 ސައިޒަށްވުރެ ކުޑަ ނޫން ކުރެހުމަކަށެވެ.
- ހުށަހަޅާ އާޓް މަސައްކަތުގައި ނަމާއި، ސްކޫލް އަދި އުމުރު އަދި ކޮންޓެކްޓް ނަމްބަރު އަދި ބައިވެރިވާ ތީމް ހިމަނަންވާނެ އެވެ. އާޓް މަސައްކަތާއި އެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެ އެވެ.
އާޓް މަސައްކަތް ހުށަހަޅަންވީ:
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން،
ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ
މަޖީދީ މަގު، މާލެ.
މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ: 3334334 / 3334333
އީމެއިލް: [email protected]
މި މުބާރާތަށް އާޓް ހުށެހެޅުމުގެ ސުންގަނޑި އަކީ 30 އޮކްޓޫބަރު 2024 ގެ 13:00 ކުރިންނެވެ.