އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފުތަރާއިބެހޭ

ބިދޭސީން ދަފުތަރު ކުރުމުގެ މަސައްކަތުގައި، އިތުރު މުއްދަތެއް ދިނުމަށް ކަމާއިބަހޭ ފަރާތުން ލަފާދެއްވާފައިވާތީއާއި، އަދިވެސް ބިދޭސީން، ދަފުތަރު ކުރުމުގެ ފުރުސަތު ދިނުންއެއީ ފަރުދުނަށް ފައިދާހުރި ގޮތެއްކަމަށް ދެކޭތީ، މިރަށުގައި މަސައްކަކުރާ ޤައުމުން ބޭރުމީހުން، ދަފުތަރު ކުރުމުގެ މުއްދަތު މިހިނގާ 2024 ޑިސެންބަރު 31 އަށް އިތުރުކުރަމެވެ.

ވީމާ، މި މުއްދަތުގެ ދެތެރޭގައި މިރަށުގައި މަސައްކަތްކުރަމުންދާ، ސަރުކާރު އިދާރާތަކާއި، ކުންފުނިތަކާއި، ފަދުރުދުންގެ ބެލުމުގެ ދަށުގައި މަސައްކަތްކުރާ ބިދޭސީންނާއި އެމީހުންގެ އާއިލާތަށް ބަލަހައްޓާ ހުރިހާ ފަރާތްތަކުން މި އިދާރާގައި ދަފުތަރުކުރުމަށް އަންގާ އިޢުލާނުކުރީމެވެ.

20 އޮކްޓޫބަރު 2024
ހޯދާ