ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެތުމާ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ހަރަކާތެއް ބޭއްވުން

މި ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ފުލުހުންނާ ގުޅިގެން ފެތުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ހަރަކާތެއް ނެއްލައިދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީހަމަޖެހިފައިއެވެ. މި ހަރަކާތުގެ މަޤުޞަދަކީ މުޖުތަމަޢުގެ އަފުރާދުންނަކީ މަގުމަތީގެ ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމާއި ކަނޑުމަތީގެ ރައްކާތެރިކަމަށް ޢާންމުން އަހުލުވެރިކުރުވުމެވެ.  

ވީމާ، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަންހުރި ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ނުވަތަ މިކައުންސިލްގެ ނަންބަރު 6520041 ފޯނާ ގުޅުއްވައި 2024 އޮކްޓޫބަރު 24 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނަން ނޯޓުކުރެއްވުމަށް ދެންނެވީމެވެ.

ލިންކު: https://forms.office.com/r/QKevCt2N3P    

17 ރަބީޢުލްއާޚިރު 1446

20 އޮކްޓޫބަރު 2024

20 އޮކްޓޫބަރު 2024
ހޯދާ